ރާއްޖެ ޓްރާސްޕޯޓް ލިންކުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފަށާނީ މާދަމާ ހެނދުނު ހދ. އަތޮޅުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރި ނެޓްވާރކް" މަޝްރޫއަކީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަށާފައިވާ ބޮޑު މަޝްރޫއެކެވެ. މި ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތާއި ފަސޭހައަށް ވިސްނައި، މި ޚިދުމަތަށް ފަރުމާކޮށް، ބަނދެފައިވާ ފެރީތަކެކެވެ.

މި ނިޒާމުގައި ތިން ލިންކެއް ހިމެނެއެވެ. އެއީ، ކޮމިއުޓް، ނަން ކޮމިއުޓް އަދި ހައިވޭ ލިންކެވެ.

ކޮމިއުޓް ލިންކަކީ ޒަރޫރީ ބޭނުން އަދި ވަޒީފާ ފަދަ ކަންކަމަށް ކައިރި ރަށްތަށް ގުޅުވާލާ ލިންކެވެ. ނަން ކޮމިއުޓް ލިންކަކީ ދުރު ރަށްތަކަށް ދިގު ދަތުރުކުރާ ލިންކެވެ. އަދި ހައިވޭ ލިންކަކީ އެއް ރީޖަންގެ ދަތުރު ހަބާއި އަނެއް ރީޖަންގެ ހަބު ގުޅުވާދޭ ލިންކެވެ.

މި ފެރީ އިން ހަފްތާއަކު 7 ދުވަހު އަދި އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ދަތުރުކުރެވޭ އިރު، އާރްޓީއެލް އެޕް އަދި ވެބްސައިޓް މެދުވެރިކޮށް، ދަތުރު ބުކް ކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *