6 މެއި 2021 - ރައީސް މުހައްމަދު ނަޝީދުއަށް ދެވުނު ހަމަލާއާއި ގުޅިގެން މާލޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ސިފައިންނާއި ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ސީސީޓީވީ އޭޝިއާ

މިދިޔަ އަހަރުގެ މޭ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ފެށުން މާދަމާ އަށް ތާވަލްކޮށްފިއެވެ.

ޝަރީަތުގެ ފުރަތަމަ އަޑު އެހުން ތާވަލްކޮށްފައި ވަނީ މާދަމާ މެނދުރު 13:00 އަށެވެ. މި މައްސަލާގައި ޝަރީއަތް ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ބޭއްވި އަޑުއެހުންތައް ނިންމާލީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

މި ޝަރީއަތުގައި ދައުލަތުން ވަނީ ސިއްރު ހެކިން ނޭނގޭ ގޮތަށް ހެކިބަސް ނެގުމަށާއި، ދިފާއުގެ ބައެއް ހެކިތައް ބަލައިނުގަތުމަށް އެދިފައެވެ. އަދި ހެކި ރައްކާކޮށްދިނުމުގެ ދާއިމީ އަމުރަކަށް ވެސް އެދިފައިވާއިރު، ދައުލަތުން ވަނީ މި އަމުރު ނެރެދިނުމާއި، ސިއްރުހެކިން ނޭނގޭ ގޮތަށް ހެކި ބަސް ނެގުމަށް ހުށަހެޅި ހުށަހެޅުން ބަލައިގެންފައެވެ،

މި މައްސަލާގައި 9 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭގެ ތެރެއިން ބޮން ގޮއްވާލި އަދުހަމް އޭނާގެ ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ވަނީ ހުކުމް އިއްވާފައެވެ. މިހާރު ކުރިއަށް ދަނީ ބާކީ 8 މީހުންގެ މައްސަލައެވެ. އެއީ ތަހުމީން އަހުމަދު، އަލީ ހައިޝަމް، މުޖާޒް އަހުމަދު، އަދުހަމް އަހުމަދު ރަޝީދު، އަދި ފަހުމީ އަލީ އާއި، މުހައްމަދު ނާޒިމްގެ އިތުރުން އިސްހާގު އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ 8:20 ހާއިރު އެވެ. އެ ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅު ކައިރީގައި ހުރި ސައިކަލެއްގައި އައިޑީއެއް ހަރުކޮށްގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.