ގއ. ވިލިނގިލި

ގއ. ވިލިނގިލީގައި އަންހެނެއްގެ އިނގިލީގައި ދަތް އަޅައި، އިނގިލިން ބައެއް ބުރިކޮށްލި މައްސަލާގައި ފަސް ދައުވާއެއް އުފުލައި، ޝަރީއަތް ނިމެންދެން އެ މީހާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން އެދިއްޖެ އެވެ.

އެ މައްސަލާގައި ދައުވާކޮށްފައިވަނީ ކ. މާލެ، ގ. ޗެރީހައުސް، ޢަލީ ޙަސަންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކުރަނީ ގއ. ވިލިނގިލި، ޝާދީވިލާ ގެއަށް ހުއްދަނުހޯދައި ވަދެ، އެގޭގައި ތިބި ބަޔަކާމެދު މާރާމާރީ ހިންގައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގަ އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި ކުރުމަށް ނިންމާފައިވާ ދައުވާތައް ޖޫން މަހުގެ 6 ވަނަ ދުވަހު ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

އަލީ ހަސަންގެ މައްޗަށް ކުރާ ދައުވަތައް:

  • އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ. (އަސާސީ އަދަބު: 4 މަހާއި 24 ދުވަސް)
  • ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ. (އަސާސީ އަދަބު: 1 މަހާއި 6 ދުވަސް)
  • އަނިޔާއެއް ދިނުމުގެ ކުށުގެ 02 (ދޭއް) ދަޢުވާ. (އަސާސީ އަދަބު: ކޮންމެ ދަޢުވާއަކަށް 1 އަހަރާއި 7 މަހާއި 6 ދުވަސް)
  • އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ. (އަސާސީ އަދަބު: 2 މަހާއި 12 ދުވަސް)

ޕީޖީ އޮފީހުން ބުުނީ މީނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްދެއްވުން އެދި 07 ޖޫން 2022 ގައި ފޯމް ހުށަހަޅާފައިވާކަމަަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތް މިމަހުގެ 13 ވަނަ ދުވަހަށް ތާވަލްކޮށްފައިވާކަމަށް ޕީޖީން ބުންޏެވ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *