ސަރުކާރުން އަޅާ ވިނަރެސް ފްލެޓްތައް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވިނަރެސް ފްލެޓްތައް ދޭން ނިންމީ މަހަކު 7000 ރުފިޔާއަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ސަރުކާރުގައި ފެއްޓި 1530 ޔުނިޓުގެ ހައުސިންގ މަޝްރޫއު، މި ސަރުކާރުން 1340 އަށް މަދުކޮށް، "ވިނަރެސް" ގެ ނަންދީ، އަތް ނުފޯރާހާ އަގުބޮޑުކޮށް ވިއްކަމުންދާކަމަށެވެ. އަދި އެކަން ބަދަލުކުރެއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އެ ފްލެޓްތައް ދިނުމަށް ނިންމާފައިވަނީ މަހަކު 7000 ރުފިޔާއަށް ކަމަށެވެ.

މުއިއްޒު އެހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން އެޗްޑީސީން ވަނީ ވިނަރެސް ފްލެޓްތަކުގެ އަގުތައް އިއުލާންކޮށްފައެވެ. 900 އަކަފޫޓުގެ އެ ފްލެޓްތައް ގަތުމަށް ދެ ގޮތެއް ހުޅުވާލާފައިވެއެވެ. ފުރަމަ ގޮތަކީ ފްލެޓްގެ ޖުމްލަ އަގުގެ 15 ޕަސަންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކުމަށްފަހު ބާކީބައި 20 އަހަރަށް ބަހާލައިގެން ދެއްކުމެވެ. ދެވަނަ ގޮތަކީ ޖުމްލަ އަގުގެ 20 ޕަސަންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކުމަށްފަހު ބާކީބައި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

20 އަހަރަށް ބަހާލާނަމަ، ކުލީގެ ގޮތުގައި އަރަނީ މަހަކު 19،000 ރުފިޔާއާއި 23،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އަދި 25 އަހަރަށް ބަހާލާނަމަ މަހެއްގެ މައްޗަށް އަރަނީ 16،700 ރުފިޔާއާއި 20،500 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *