ޚަބަރު
އެމްއައިބީ އުޖާލާ ދިރިއުޅުމުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށްފި
ފޮޓޯ/ މިހާރު

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކޮންޒިއުމާ ގުޑްސް ފައިނޭންސިން ފެސިލިޓީ “އުޖާލާ ދިރިއުޅުމު”ގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލްކޮށް ފުރިހަމަކުރުމަށް “އުޖާލާ ނައު” ޕޯޓަލް ލޯންޗުކޮށްފިއެވެ.

ޕޯޓަލްއަށް “އުޖާލާ ދިރިއުޅުން” ފައިނޭންސިންގެ ދަށުން މުދާނެގުމާއި ފައިސާނެގުމަށް އެދި ހުށައެޅޭނެއެވެ. އަދި ކުރިއާ ހިލާފަށް އެޕްލިކޭޝަނާ ގުޅިގެން އަންނަ އެއްބަސްވުމުގެ މަރުހަލާ ވެސް ދެން ކުރިއަށް ދާނީ މި ޕޯޓަލް މެދުވެރިކޮށެވެ.

އެމްއައިބީއިން ބުނީ ކަސްޓަމަރުން މިފެސިލިޓީގެ ދަށުން ނަގާ މުދާ އެ ކަސްޓަމަރަކު ހިޔާރު ކުރާ ފަރާތަކަށް ގޮސް ނެގޭނެ އިންތިޒާމު ވެސް ޕޯޓަލްއިން ހަމަޖެއްސޭނެ ކަމަށެވެ. އެމްއައިބީއިން ބުނި ގޮތުގައި މި ފެސިލިޓީގެ ހުރިހާ ހިދުމަތެއް އޮންލައިން ކުރީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ފެސިލިޓީ ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.

އެމްއައިބީއިން ވަނީ އެ ބެންކުގެ ހިދުމަތްތައް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެ ވެސް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހިދުމަތްތައް ޑިޖިޓަލައިޒްކުރަމުންނެވެ. އެގޮތުން ބެންކުގެ “އެޕްލައި ނައު” ޕޯޓަލް މެދުވެރިކޮށް އެކައުންޓު ހުޅުވުމުގެ ހުރިހާ ޕްރޮސެސްއެއް ވަނީ އޮންލައިން ކޮށްފައެވެ.

އެމްއައިބީން ދަނީ ލ. އަތޮޅުގައިވެސް ބްރާންޗެއް ހުޅުވަން މަސައްކަތް ކުރަމުންނެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top