ވެމްކޯގެ މުވައްޒަފުންތަކެއް ކުނި ނެގުމުގެ މަސައްކަތުގައި -- ފޮޓޯ: ވަން އޮންލައިން

ގޭބިސީތަކުން ކުނި ވަކިން ނެރުމުން، އެ ކޯޕަރޭޝަނުން ކުނި އެއްކޮށްގެން ނުނަގާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން މިއަދު ނެރުނު ޕްރެސް ރިލީޒްއެއްގައި ބުނީ ގޭބިސީތަކުން އުފެދޭ ކުނި ނެގުމަށް މިހާރު ކަނޑައަޅާގައި ވަނީ ދެ އުޅަނދެއްގައި ކަމަށާއި، އެއީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ގަވައިދަށް ގެނައި އިސްލާހާ އެއްގޮތަށް ކުނި ނެގުމާއި އުފުލުމުގެ މިންގަނޑަށް ފެތޭ އުޅަނދުތަކެއް ކަމަށެވެ.

އެގޮތުން ފަނާވާ ތަކެތި ނުވަތަ ތެތް ކުނި އުފުލަނީ ކޮމްޕެކްޓާ ޓްރަކްތަކުގައި ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން ބުނީ ކުނި ވަކިކޮށް އުކާލުމަށް އަންގާފައިވީ ނަމަވެސް ގިނަ އަދަދެއްގެ ކަސްޓަމަރުން ދަނީ ތެތް ކުނީގެ ތެރެއަށް އެހެނިހެން ބާވަތްތަކުގެ ކުނި އެއްކުރަމުން ކަމަށެވެ. އެގޮތުން ޕްލާސްޓިކް ފުޅި ކަފާލުމަށްފަހު ކުނި އެޅުމަށް ގިނަ ގޭބިސީތަކުން ބޭނުންކުރަމުންދާކަން ފާހަގަކޮށް ވެމްކޯއިން ބުނީ އެކަން ނުކުރުމަށް ކަސްޓަމަރުންނަށް ދުރާލާ އިރުޝާދު ދީފައިވާ ކަމަށެވެ.

އޮޕަރޭޝަނުގެ ވަގުތުތަކުގައި މުވައްޒަފުންނަށް މަގުމަތީގައި ތިބެ ކުނި ކޮތަޅުތަކުން ވަކި ނުކުރެވޭތީ އެފަދައިން ތަޣައްޔަރުވެފައިވާ ހުރިހާ ކުންޏެއް ކޮމްޕެކްޓަރުތަކުގައި އެއްކޮށް އުކާލުމަށް އަންގާފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ. ކުނި އުފުލުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން އޮޅުންތައް އުފެދެމުންދަނީ އެހެންވެ ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯގެ މުވައްޒަފުން ދަނީ ގޭބިސީތަކުން ނެރޭ ކުނި ހުރީ ގަވައިދާ އެއްގޮތަށްތީ ޔަގީންކުރުމަށްފަހު، ކޮތަޅުތައް ތަޣައްޔަރުވެފައިވޭތޯ މޮނިޓާކޮށް ޗެކްކުރަމުންނެވެ.

މާލެ ސަރަހައްދުގައި ކުނި ވަކިކުރަން ޖެހެނީ ތިން ބަޔަކަށެވެ. ފުރަތަމަ ބަޔަކީ ކުނިވާ ޒާތުގެ ކުންޏާއި، އަމިއްލައަށް ފަނާވާ ޒާތުގެ ކުނި ނުވަތަ ތެތް ކުންޏެވެ. ދެވަނަ ބަޔަކީ ޕްލާސްޓިކް ފުޅިގެ ބާވަތްތައް ކަމަށްވާއިރު، ތިންވަނަ ބަޔަކީ އެހެނިހެން ބާވަތްތަކުގެ ކުންޏެވެ. ކުނި ވަކިކޮށްގެން ނަގަން ފެށިތާ އަދިމިވީ ހަފްތާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.