މިދިޔަ މާޗު މަހު މާލޭގެ ގެއެއްގެ ތެރެއިން ހޯދި 42 ކިލޯ ހެރޮއިންގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމުމުގުގައި ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑެތި ގޯސްތަކެއް ހަދައިފައިވާކަމަށް ޕްރޮިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުނާ މައްސަލަ އްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅަން ނިންމައިފި އެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވީ ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރ އަހުމަދު އުޝާމް އެވެ.
241 ކޮމެޓީގައިވެސް ހިިމެނިވަޑައިގަންނަވާ އުޝާމް ވިދާޅުވުިގޮތުގައ މިމައްސަލައިގައި ފުލުހުންގެ މައްޗަށް ޕީޖީ ކުރާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަމަށެވެ. ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އިޚްލާސްތެރިކަމެއް ނެތްނަމަ ޑްރަގްގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތްކަމަށް އުޝާމް ވިދާޅުވިއެވެ.
މިމައްސަލާގަ ފުލުހުންގެ މައްޗަށް PG ކުރާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް. ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އިހްލާސްތެރިކަމެއް ނެތިއްޔާ ޑްރަގްގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއްނެތް. މިމައްސަލާގަ ފުލުހުން އަމަލުކުރިގޮތް އިތުރަށް ބެލުމަށް 241ކޮމިޓީއަށް ހުށަހަޅާނަން. https://t.co/dBnXheDjDM
— Ahmed Usham (@a_usham) June 3, 2022
ޕީޖީ އޮފީހުން މި މައްސަލާގައި ދައުވާ ނުކުރަން ނިންމާފައި ވަނީ މަސްތުވާތަކެތި ފެނުނު ގެ ބަލާ ފާސްކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލާ ކަމަށް ވާތީއެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި އެ އޮޕަރޭޝަންގެ ތެރެއިން ބަލައި ފާސްކުރަން ވަންނަން އަމުރަކަށް އެދޭނެ އެކަށީގެންވާ ވަގުތު ވެސް ފުލުހުންނަށް ލިބުނެވެ. އަދި އެގެއަށް ވަދެފައި ވަނީ ގޭގެ ވެރިފަރާތް ނޫން އެހެން މީހެއްގެ ހުއްދަ ހޯދައިގެން ކަމަށާއި، އެހެންވެ ފުލުހުން ބަލައި ފާސްކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އެ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަޙުޤީގަށް ނަގައި، ތަޙުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގޭކަށް ވެސް ނެތެވެ. އަދި މައްސަލާގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ނެތް ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އަދި އުމުރަށް ޖަލަށް ލާފައި ވަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލާފައި ހުރި އަބްދުﷲ ނަޝީދެވެ. އެ ތަކެތި ފުލުހުން އަތުލައިގަތީ މ. ލަވްނެސްޓް ބިމު އަޑީގައި ވަޅުލާފައި ހުއްޓައެވެ.