ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދެމީހުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުން، އެކަމުގެ ތުހުމަތުގައި ކަމަށެވެ.

ފުލުހުން ބުނީ ރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 49 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ އަންހެނެއް ކަމަށެވެ.

ރޭ މާލޭގައި މުޒާހަރާކޮށްފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ‘އިންޑިއާ އައުޓް’ ހަރަކާތުގެ ދަށުންނެވެ. މި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭގެ ބޭނުންކޮށްފައެވެ. ޕެޕާ ސްޕްރޭގެ ބޭނުންކުރުމާ ގުޅިގެން އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ އެކްޓިވިސްޓުންގެ ހާލު ގޯސްވެ، ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، މި މުޒާހަރާގައި ވީޓީވީގެ ނޫސްވެރިއެއްގެ މޫނަށް ވެސް ޕެޕާ ސްޕްރޭ ޖަހާފައިވާއިރު، އޭނާއަށް ވެސް ވަނީ ހޮސްޕިޓަލުގައު ފަރުވާ ދީފައެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފަށާފައިވާ ހަރަކާތެކެވެ. ނަމަވެސް މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *