ޖަޕާން، ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަނަށް ސަފީރުން އައްޔަންކޮށް ފަތްކޮޅު އެރުވުން

ޖަޕާން، ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ސަފީރުން އައްޔަންކޮށް، މަގާމުގެ ފަތްކޮޅު އަރުފައިފިއެވެ.

ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަންކުރީ ގަލޮޅު ފިޔާތޮށިގެ ހަސަން ސާބިރުއެވެ. އަދި ކިންގްޑަމް އޮފް ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަންކުރީ ހެންވޭރު ހިކިފިނިފެންމާގެ އުމަރު އަބްދުއްރައްޒާގުއެވެ. ސަފީރުކަމަށް އައްޔަންކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އެ ދެ ބޭފުޅުންނަށް ސަފީރު ކަމުގެ ފަތްކޮޅު އަރުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ހަސަން ސާބިރަށާއި، އުމަރު އަބްދުއްރައްޒާގަށް މަގާމުގެ ފަތްކޮޅު ދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖަޕާން، ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަނަށް ސަފީރުން އައްޔަންކޮށް ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ހަސަން ސާބިރު މި މަގާމަށް އައްޔަނުކުރެއްވުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ ކުރިން ހުންނެވި މަގާމުކަމުގައިވާ ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުން ވަކިކުރައްވާފައެވެ. އަދި އޭނާ ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިނިސްޓަރުންނާއި އެއް ފެންވަރުގައެވެ.

އުމަރު އަބްދުއްރައްޒާގު މި މަގާމަށް ޢައްޔަމުކުރެއްވުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ ކުރިން ހުންނެވި މަގާމުކަމުގައިވާ ސްރީ ލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުން ވަކިކުރައްވާފައެވެ. އަދި އޭނާ ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންނާއި އެއް ފެންވަރުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *