ޚަބަރު
ގައުމީ ސަލާމް ކިޔުމާއި އެލަވައަށް އިހުތިރާމް އަދާކުރުން ހުއްދަ ކަމަށް ފަތުވާ މަޖިލީހުން ކަނޑައަޅައިފި

ގައުމީ ސަލާމް ކިޔުމާއި އެ ލަވައަށް އިހުތިރާމް އަދާކުރުން ހުއްދަ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މިއަދު ކަނޑައަޅައިފި އެވެ.

ފަތުވާ ދޭ މަޖިލީހުން އެ ނިންމުމަށް މަޝްވަރާ ކޮށްފައި ވަނީ ސްކޫލުތަކުގައި ގައުމީ ސަލާމް ކިޔުމަށް ލާޒިމް ކުރުމުން އެކަމަށް ފާޑުކިޔުން އަމާޒުވުމުންނެވެ.

ފަތުވާ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ބުނެފައި ވަނީ ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ހުރުމާއި ގައުމީ ދިދައަށް ސަލާމް ކުރުމާއި މޭމަތީގައި އަތްދަނޑި ބޭއްވުން އިސްލާމް ދީނުގައި ހުއްދަވާނެ ކަމަށެވެ.

“ގައުމީ ސަލާމް ކިޔުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ދިވެހި ގައުމީ ދިދައަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާއިރު ޝަރްއީ އަޅުމެއް އަދާ ކުރުމުގައި ހަށަމަށް ދެ އަތް ބަނދެގެން ހުންނަ ގޮތް ނޫން ގޮތަކަށް މޭމަތީގައި އަތްދަނޑި ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ އެއްވެސް އަޅުމަކަމާ ގުޅުމެއް އޮތް ކަމެއް ނޫން،” އެ ފަތުވާގައި ބުނެފައިވެ އެވެ.

ފަތުވާގައި ބުނެފައި ވަނީ ގައުމީ ސަލާމަށް އިހުތިރާމް ކުރުމުގެ ގޮތުން ކުރާ ކަންކަމަކީ އާދަކާދަތަކާ ގުޅިފައިވާ ކަންކަން ކަމަށާއި އެފަދަ ކަންކަން ހަރާމް ކުރެވޭނީ ދީނުގެ ސަރީހަ ދަލީލުތަކުން ކަމަށެވެ.

އެހެންކަމުން ގައުމީ ސަލާމް ކިޔުމާއި އެ ލަވައަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކުރާ ކަންކަން ހަރާމް ކަންކަން ގޮތުގައި ކަނޑަނޭޅޭނެ ކަމަށް ފަތުވާ މަޖިލީހުން ބުނެފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top