މަޖީދީ ސްކޫލުގެ އަހަރީ ދުވަހާ ގުޅުވާ، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ 1927 ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން

މަޖީދީ ސްކޫމަޖީދީ ސްކޫލުގެ 95 ވަނަ އަހަރީ ދުވަހާ ގުޅުވާ، ހުޅުމާލޭގައި 1927 ގަސް އިންދައިފިއެވެ.

އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތަކީ ހުޅުމާލެ ފެހިކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނަިއބު ފައިސަލް ނަސީމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިން އަހްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގަސް އިންދުމުގެ ހަރަކާތުގައި ވާހަކަދައްކަވަމުން ސުހެއިލް ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން އެ ކުންފުނިން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށާއި، ތިމާވެއްޓަށް ކުރާ ގެއްލުން ކުޑަކޮށް މުޅި އަހަރަށް ބަހާލައިގެން ގިނަ ކެމްޕޭންތަކެއް ކުރުމަށް އެކި ސްކޫލްތަކާއި މަދަނީ ޖަމްއިއްޔާތަކާ ގުޅިގެން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

... މި މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ ފެހި ކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ، އެގޮތުން ހުޅުމާލެ ފެހި ކުރުމަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ވާހަކަ ފާހަގަކޮށްލަން

ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޗްޑީސީން ދަނީ މަގުތަކާއި ޕާކުތައް ފަދަ އާންމު ސަރަހައްދުތައް އިތުރަށް ފެހިކޮށް ގަސް އިންދުމުގެ ގިނަ ހަރަކާތްތަކެއް މިހާރުވެސް ރާވަމުންނެެވެ.

އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލެ ފެހިކުުރުމުގައި މަސައްކަތުގައި މުޖުތަމައުގެ ފަރުދީ ޒިންމާ އަދާކޮށް، އެބަޔަކު ދިރިއުޅޭ މާހައުލެއް ސާފުކޮށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެޗްޑީސީގެ ފަރާތުން މުސްތަގުބަލުގައި ވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކުން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ގިނަ ޕްރޮގްރާމްތަކެއް ރާވާފައިވާ ކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.