މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު. ފޮޓޯ: ސަން

ކައުންސިލްތަކާއި، ސަރުކާރުގެ މުއައްސަސާތައް އެއް މޭޒަކަށް ގެނައުމަށް ސަރުކާރުން ބާއްވާ ވިއަވަތި ކޮންފަރެންސަށް މާލެ ސިޓީ ކައުންސިލުގެ ޝައުގުވެރިކަން ނެތް ކަމަށް ބުނެ އެ ކޮންފަރެންސް ބޮއިކޮޓް ކޮށްފިއެވެ.

އއ. އުކުޅަހުގައި މިއަދު ފެށި މި ކޮންފަރެންސްގައި މެދު ރާއްޖޭގެ ހުރިހާ ކައުންސިލަކުން ބައިވެރިވައިރު، މާލެ ސިޓީ ކައުންސިލުން މި ކޮންފަރެންސްގައި ބައިވެރިއެއް ނުވެއެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން މާލެ ސިޓީ ކައުންސިލުން "ޖަޒީރާ" އަށް ބުނީ ކޮންފަރެންސް އަށް ދައުވަތު އަރުވާފައި ވަނީ ސިޓީގެ މޭޔަރަށް އެކަނި ކަމަށާއި، މޭޔަރު މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ކަމަށެވެ.

އެކަމަކު ރައީސް އޮފީހުން ވަނީ އެވާހަކަ ދޮގުކޮށްފައެވެ. ރައީސް އޮފީހުން ބުނީ މި މޭ މަހުގެ 12 ވަނަ ދުވަހު ކޮންފަރެންސް އޮންނަ ތާރީހައި ގަޑި ރަސްމީކޮށް އަންގާފައިވާ ކަމަށާއި، މި މަހުގެ 21 ވަނަ ދުވަހު އިންވިޓޭޝަން ފޮނުވާފައިވާ ކަމަށެވެ. އަދި 23 ވަނަ ދުވަހު ސިޓީ ކައުންސިލުން ޖަވާބު ދިނީ "އެއްވެސް ކައުންސިލަރެއްގެ ޝައުގުވެރިކަން ތި މަހާސިންތާ އަށް ނެތް" ކަމަށް ބުނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "ޖަޒީރާ" އަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އިންވައިޓްގަ އިންނާނީ ކައުންސިލްތަކުގެ ރައީސުންނާއި، މޭޔަރުންނަށް އިންވައިޓްކޮށްފަ. އެކަމަކު އެ އިންވިޓޭޝަން ގަ އިންނާނެ ޖަހާފަ އެއްވެސް ހާލަތެއްގަ ރައީސް ނުވަތަ މޭޔަރަށް ބައިވެރި ނުވެވޭ ނަމަ އެހެން މެމްބަރެއް ފޮނުވިދާނެކަން. ކޮންފަރެންސްގަ މިހާރު ވެސް އެބަތިބި އެކަހަލަ ރެޕްރެޒެންޓޭޓިވްސް.

މިކަމާ ގުޅޭގޮތުން މާލެ ސިތީ ކައުންސިލްގެ މެމްބަރު ސައިފް ފާތިހު ޖަޒީރާ އާ ވާހަކަދައްކަވަމުން ވިދާޅުވީ ކައުންސިލް މެމްބަރުންގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ކައުންސިލުން  ބުނިނަމަވެސް، ކޮންފަރެންސްއާ ގުޅޭ މައުލޫމާތުތައް ކައުންސިލުން މެމްބަރުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އަޅުގަނޑަށް މިކަން އެނގުނީ ދެ ދުވަހެއް ކުރިން ރައީސް އޮފީހުގެ ބޭފުޅަކު ގުޅުއްވާފަ ނާންނަނީތޯ އެއްސެވީމަ. އަޅުގަނޑަށް އެ ސިޓީވެސް ފެނުނީ އެ ބޭފުޅާ ދެއްކީމަ. ސިޓީ ކައުންސިލަށް މިހެން ފޮނުވާ ރަސްމީ ސިޓީތައް އަޅުގަނޑުމެންނަށް ހިއްސާކުރަން ވާނެ. އަނެއްކާ ކައުންސިލުން ދިން ޖަވާބުން ވެސް އެބަ އިނގޭ މީ ކޮންމެހެން މޭޔަރުގެ ވާހަކައެއް އެކަނި ނޫންކަން. އެކަމަކު އަޅުގަނޑުމެންނަށް އަންގާފައެއް ނެތް.

އޭނާ ވިދާޅުވީ 18 މެމްބަރުން ތިބި ކައުންސިލަކުން މެމްބަރުންނަށް ނާންގާ އެފަދަ ޖަވާބެއް ދިނުމާއި، މިހާ މުހިންމު މަސައްކަތެއްގައި ބައިވެރި ނުވުމަކީ ދެރަ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގުމަށް ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ މި ކޮންފަރެންސްގެ މިއީ ދެވަނަ ކޮންފަރެންސްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *