ރާއްޖޭގެ މުޖުތަމައުއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ މަންފާ ހޯދުމަށް ހަދާފައިވާ ބޮޑެތި ރޭވުންތައް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކާއި އެކު ލާމަރުކަޒީ މަޝްވަރާތައް ބޭއްވުމަށް ބާއްވާ ވިޔަވަތި ފޯރަމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މުޖުތަމައުއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ އަކީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައާއި މޫސުމީ ބަދަލުތަކުގެ މައްސަލަ ކަމަށެވެ.

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވީ އެއީ ކޮންމެހެން ވެސް އެކަމެއް ހުއްޓުވައި ގައުމުން ނައްތާލަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ. އެކަން ހައްލުކުރުމަކީ ބުރަ، ބޮޑު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މިކަމުގެ އެންމެ ފުންމިނުގައި ވަނީ އިންތިޒާމުވެ ރޭވިގެން ހިނގާ ކަންކަން. އޭގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ ނަފާގެ ސަބަބުތައް އެބަހުރި.

އެމަނިކުފާނު ވިދާޅުވީ މުޖުތަމައު ތެރޭގައި ހިނގާ މިފަދަ ކަންކަން އެންމެ ފުރަތަމަ ފާހަގަވާނެ ބަޔަކީ ކައުންސިލްތައް ކަމަށެވެ. އަދި ކައުންސިލްތަކުން މިކަންކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރާއްޖޭގައި ދެން އޮތް އެންމެ ބޮޑު މައްސަލާގެ ގޮތުގައި ފާހަގަކުރެއްވި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތިމާވެއްޓަށް ލިބޭ ގެއްލުމާއި ނޭދެވޭ އަސަރަކީ ތަރައްގީގެ ކޮންމެ މަޝްރޫއަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ތަރައްގީގެ ބޭނުމުގައި ކުރާ ކަމެއްގެ ސަބަބުން ތަރައްގީއަށް ގެއްލުން ލިބުނަ ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *