ކޮވިޑް-19ގެ ސަބަބުން ޗައިނާގެ އިންޑަސްޓްރިއަލް ފާމްތަކުގެ ފައިދާ ބާރު ސްޕީޑްގައި ދަށަށް ގޮސްފައިވާކަމަށް އެ ޤައުމުން ހާމަކޮށްފި އެވެ.

ހުކުރު ދުވަހު ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކުރި ޑޭޓާގެ މައްޗަށް ބިނާކޮށް ރޮއިޓާސްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗް މަހު ލިބުނު ފައިދާ ވަނީ 12.2 ޕަސެންޓް ގެ ކުރިއެރުމަކާ އެކު، އޭގެ ކުރީ އަހަރާ ބަލާއިރު 8.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިއީ 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް އައި އެންމެ ބޮޑު ހީނަރުކަމެކެވެ.

"އޭޕްރީލް މަހު އާންމުކޮށް ކޮވިޑް-19 ފެތުރޭ މިންވަރު ބައެއް ސަރަހައްދުތަކުގައި އިތުރުވެގެން ދިޔަ، އޭގެ ސަބަބުން އިންޑަސްޓްރިއަލް ފާމްތަކުގެ ޕްރޮޑަކްޝަން އަދި އޮޕަރޭޝަންތަކަށް ބޮޑެތި ޝޮކްތަކެއް ލިބި، އެ ކުންފުނިތަކުގެ ފައިދާ ދަށްވި،" އެންބީއެސްގެ ސީނިއާ ސްޓެޓިސްޓިކްސް ޒޫ ހޮންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ޒޫ ވަނީ އޭޕްރީލް މަހު 8.5 އިންސައްތަ ދަށަށް ދިޔަކަން ކަށަވަރުކޮށްދީފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ތަކެތީގެ އަގުތައް އުފުލި، ބައެއް ސިނާއަތްތަކުގެ ފައިދާ އިތުރުވެފައިވެއެވެ. އެގޮތުން މައިނިންގ ސެކްޓަރ 142 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މެނުފެކްޗަރިންގ ފާމްތަކުން ވަނީ ފައިދާގެ ގޮތުގައި %22.4 އިތުރަށް ލިބިފަ އެވެ.

ކާރުޚާނާތަކާއި، ހައިވޭތަކާއި ބަނދަރުތައް ބަންދުކޮށް، ވައިރަސްއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އަދި ފުޅާ ފިޔަވަޅުތަކުގެ ސަބަބުން އިންޑަސްޓްރީތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *