ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން މި ދައުރުގައި ދެ ބިލެއް މިހާތަނަށް ލިބިފައިވާކަން މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެފެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށީ މި މަހުގެ 16 ވަނަ ދުވަހުއެވެ. ދައުރު ފެށިގެން މިހާތަނަށް އައި އިރު ގިނަ ދުވަސް ދުވަހު މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތިގެން ޖެހެނީ ނިންމާލާށެވެ.

މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ މައުލޫމާތު އާންމުކުރި އިރު މި ދައުރުގައި 22 ބިލެއް ހުށަހަޅަން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން 9 ބިލެއްގެ މަސައްކަތް ނިންމާ ރައީސް އޮފީހަށް މިހާރު ވެސް ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން މަޖިލީހުން ބުނީ ދައުރު ފެށިގެން އައި އިރު މިހާތަނަށް މަޖިލީހަށް ލިބިފައި ވަނީ އެންމެ ދެ ބިލު ކަމަށެވެ. އެއީ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުނި މެނޭޖްކުރުމުގެ ބިލެވެ.

މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ބިލްތައް:

 • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު
 • ދިވެހރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލު
 • ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
 • ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
 • ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބލު
 • ކުނި ނައްތާލުމާއި މެނޭޖްކުރުމުގެ ބިލު
 • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބލު
 • ދިވެހިރާއްޖގެ ގާނޫލްއުގޫބާތަށް އިލޙް ގެނައުމުގެ ބިލު
 • ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު
 • މަސްތުވާތަކެއްޗާ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު
 • ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު
 • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
 • ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
 • މަނީ ލޯންޑްރިންގ އަދި ޓެޒރޒމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
 • މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު
 • ދިވެހިރާއްތޭގެ ފޮރިން އިންވެސްޓްމަންޓްގެ ބިލު
 • އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
 • އާބިޓްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
 • މޯލްޑިވްސް ހެލްތު ސާރވިސްގެ ބިލު
 • ޞިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލު
 • ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
 • ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު

ބަންޑާރަ ނައިބްގެ އޮފީހުން ބުނީ މި ލިސްޓުގައި ހިމެނޭ 9 ބިލެއް މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔަގެ އޮފީހަށް ފޮނުވާފައިވާ ބިލްތައް:

 • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
 • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
 • ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
 • ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
 • ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
 • ކުނި ނައްތާލުމާއި މެޖޭނުކުރުމުގެ ބިލު
 • ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
 • ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
 • ކެމިކަލް ހަތިޔާރު މަނާކުުމުގެ ބިލު

މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް މައްސަލަ ފެންމަތިވެފައިވާއިރު، މަޖިލީހުގެ މިދިޔަ ދައުރު ނިންމާލީ ގިނަ މަސައްކަތްތަކެއް ނުނިމި އެވެ. އެގޮތުން މަޖިލީހަށް ހުށަހެޅި ބިލުތަކުގެ ތެރެއިން ގިނަ ބިލުތަކުގެ މަސައްކަތް ހުރީ ކޮމިޓީ މަރުހަލާގައެވެ. މަޖިލީހަށް ހުށަހެޅި 28 ބިލުގެ ތެރެއިން ނިމުނީ އެންމެ 8 ބިލުގެ މަސައްކަތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

6 ކޮމެންޓް

 1. [url=http://slkjfdf.net/]Oyewngovo[/url] Iijyihn ncn.kmsh.jazeera.mv.ase.vk http://slkjfdf.net/

 2. [url=http://slkjfdf.net/]Uvuxdeqri[/url] Vowute hja.cpvq.jazeera.mv.vqt.eo http://slkjfdf.net/

 3. [url=http://slkjfdf.net/]Ropufurut[/url] Icosupi aoh.zxmj.jazeera.mv.utl.hc http://slkjfdf.net/

 4. [url=http://slkjfdf.net/]Tawata[/url] Uwolujuju dbw.dasu.jazeera.mv.dyf.zq http://slkjfdf.net/

 5. [url=http://slkjfdf.net/]Aduwot[/url] Isiwepig hzw.ruaf.jazeera.mv.thc.wb http://slkjfdf.net/

 6. [url=http://slkjfdf.net/]Igodoabos[/url] Uponap onr.bdzn.jazeera.mv.qwh.qs http://slkjfdf.net/

ކޮމެންޓް

Your email address will not be published. Required fields are marked *