އައްޑޫ ސިޓީގައި ހިންގަމުން އަންނަ ކެނެރީފް ރިސޯޓު---

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ގެނެސް، ރިސޯޓް ބިމު ކުލީގެ ރޭޓްތައް ކުޑަކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދަން އިކޮނޮމިކް ކައުންސިލުން ނިންމައިފިއެވެ.

ރިސޯޓުތަކުގެ ބިމުކުލި ކުޑަކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅީ، ދާދި ފަހުން ކަނޑައެޅި މިނިމަމް ވޭޖުގެ ސަބަބުން ރިސޯޓުތަކަށް ކުރާ އަސަރު ކުޑަކުރުމުގެ މަގްސަދުގައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު މި ނިންމުން ބަދަކުކޮށްފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުން އަނބުރާ ގެންނަން ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ހުށަހެޅުން އަނބުރާ ގެންނަން ނިންމީ ދައުލަތަށް ލިބެމުންދާ އާމްދަނީއަކަށް ހުރަސް އެޅިދާނެފަދަ އެއްވެސް ފިޔަވަޅެއް އެޅެން ނެތީމައި ކަމަށެވެ. މިނިސްޓްރީން ބުނީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އައިސްފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލޭތީ އޭގެ ނޭދެވޭ އަސަރު ސަރުކާރަށް ކުރަމުން އަންނަ ކަމަށެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތު މެދު ރާސްތާއަށް ތަސައްވަރު ކުރެވޭ ގޮތުންނާއި، މެދުރާސްތާގައިވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2019 ވަނަ އަހަރު ހުރި މިންވަރަށް ދަށްވާނެ ކަމަށް އަންދާޒާ ނުކުރެވޭތީ، މެދުރާސްތާގައި ހުރި ފިސްކަލް ހިރާސްތައް ނުހަނު ބޮޑު

މިނިސްޓްރީން ބުނީ 2022 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ކޮވިޑް-19 އިން އަރައިގަނެ އަނެއްކާވެސް 2019 ގެ ހާލަތަށް އިގްތިސާދު ރުޖޫއަވާނެ ކަމަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ. އެކަމަކު ތެލުގެ އަގުތަކަށް މި އައި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ޚަރަދުކުރާ މިންވަރު 2022 ބަޖެޓްގައި އަންދާޒާ ކުރިވަރަށްވުރެ ވަރަށް ބޮޑުތަން މައްޗަށް ގޮސްފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ މިހާރުގެ ފިސްކަލް ހާލަތަށް ރިއާޔަތްކޮށް، ރިސޯޓްތަކުގެ ބިމު ކުލި ނަގާ ރޭޓް ބަދަލުކުރުމަށް ނުފެންނަކަމަށް އިކޮނޮމިކް ކައުންސިލުން ނިންމަވައިފި. އެއީ ދައުލަތަށް ލިބޭ އަމްދަނީއެއް ދޫކޮށްލާފަދަ އެއްވެސް ފިޔަވަޅެއް އެޅެން ނެތުމުން.

މިނިސްޓްރީން ބުނީ ދައުލަތަށް އެންމެ ގިނަ އާމްދަނީ ލިބޭ ސިނާއަތަކީ ފަތުރުވެރިކަން ކަމަށާއި، އެންމެ ބޮޑަށް ކުރިއަރަމުންދަނީވެސް އެ ސިނާއަތް ކަމަށެވެ. އެހެންވެ ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ފިކްސްޑް އަމްދަނީ ލިބޭނެގޮތަށް ހަމަ އަގުގައި ކުލި ނެގުން މުހިންމު ކަމަށާއި،  ވަސީލަތްތައް މަދު ޤައުމުތަކުން ލިބޭ އަމްދަނީ މެކްސިމައިޒް ކުރުން މުހިންމު ކަމަށް ބުނެއެވެ.

މީގެ އިތުރަށް 2022 ބަޖެޓަށް ހުށަހެޅިއިރު އަންދާޒާ ކޮށްފައިވާ މިންވަރަށްވުރެ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ބެޑްނައިޓްސްގެ އަދަދު އިތުރުވާނެކަމަށް މިހާރު ލަފާކުރެވޭ ކަމަށާއި،ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އަމްދަނީ، އަންދާޒާ ކޮށްފައިވާ މިންވަރަށްވުރެ ބޮޑުތަނުން ކުރިއަރާނެ ކަމަށް މިހާރު ލަފާ ކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.