ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީ އިންނެވެ. އެ ކުންފުނިން ބުނިގިތުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މީދޫ ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ބޭރު ތޮށިލުން ހިމެނޭކަމަށެވެ. އަދި 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 294 މީޓަރު އެއްގަމު ތޮށިލުން ހިމެނޭކަމަށް އެމްޓީސީސީން ބުންޏެވެ.

އޭގެއިތުރުން 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1،470 އަކަ ފޫޓުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުންވެސް ހިމެނެ އެވެ. އަދި ނެރުބައްތިއާއި ބަންދަރު ބައްތި ހަރުކުރުމަށް މިޕްރޮޖެކްޓުގެ ދަށުން ހަވާލުކުރެވިފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 36.82 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 408 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.