މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސޯޝަލް މީޑިއާ ކުންފުނި ޓްވިޓަރ ގަތުމަށް އެއްބަސްވެފައިވާ އަގުގައި ބިލިއަނަރު އީލޮން މަސްކް އެ ޑީލް ފުރިހަމަ ކުރާނެ ކަމާމެދު ޝައްކު އުފެދިފައި ވާތީ، އެ ކުންފުނީގެ އަހަރީ ބައްދަލުވުމުގައި ހިއްސާދާރުން އެކަމާއި ގުޅޭގޮތުން ވާހަކަތައް ދައްކާނެ އެވެ.

ޓެސްލާގެ ޗީފް އެގްޒެކެޓިވް މެއި މަހުގެ 13 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 44 ބިލިއަން ޑޮލަރުގެ މި ހޯދުމުެގ މަސައްކަތް ވަގުތީގޮތުުން މަޑުޖައްސާލައިފައިވާ ކަމަށެވެ. އަދި ޓްވިޓާގައި ފޭކް އެކައުންޓްތަކުގެ ނިސްބަތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން މިދިޔަ ހަފުތާގައި ބުނީ އެއްބަސްވެފައިވާ އަގުގައި އެ އެއްބަސްވުމަށް އަދިވެސް އަހައްމިއްޔަތުކަން ދޭ ކަމަށެވެ. ނަމަވެސް، ޓްވިޓާގެ ހިއްސާތައް އަންގާރަ ދުވަހު 35.76 ޑޮލަރަށް ބަންދުވެ، ހިއްސާގެ ޑީލް ގެ އަގަށް 34 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ޖެހުމާ އެކު، އިންވެސްޓަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ވާޗުއަލް އަހަރީ ބައްދަލުވުމުގައި ބުދަ ދުވަހު ސުވާލާއި ޖަވާބު ސެޝަނެއް ހިމަނާނެ ކަމަށް ބުނެފައިވާއިރު، ޓްވިޓާގެ ތަރުޖަމާނަކު ވިދާޅުވީ ޑީލްއާ ގުޅުން ހުރި ސުވާލުތަކަށް އެ ކުންފުނިން ޖަވާބު ނުދޭނެ ކަމަށެވެ.
ޓްވިޓާގެ އިންވެސްޓަރުން ފަސް ސްޓޮކްހޯލްޑަރެއްގެ ހުށަހެޅުމަށް ވޯޓަށް އަހަން ތައްޔާރުވަމުން އަންނަ އިރު، އޭގެ ތެރޭގައި އެ ކުންފުނީގެ މަދަނީ ހައްގުތަކަށް ކުރާ އަސަރާ ބެހޭ ރިޕޯޓެއް ނެރުން ހިމެނެ އެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.