އެލްއޭ ޑޯޖަރސްގެ ކޯ-އޯނަރު ޓޮޑް ބޮއެލީ އިސްކޮށް ހުންނަވައިގެން ހުށަހެޅުއްވި ހުށަހެޅުމާއި އެއްގޮތަށް، 4.25 ބިލިއަން ޕައުންޑް ޗެލްސީ ވިއްކާލަން ސަރުކާރުން ފާސްކޮށްފިއެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ގުޅުން އޮންނަ ކަމަށް ބުނެ އެ ކްލަބުގެ ވެރިޔާ ރޯމަން އަބްރަމޮވިޗްއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ކުރިން ލަންޑަން ކްލަބް ވިއްކާލަން ނިންމީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

އަންގާރަ ދުވަހު ޕްރިމިއާ ލީގުން ބުނީ އެ ކޮންސޯޓިއަމްއިން ވަނީ އެ ކުންފުނީގެ އޯނަރުންނާއި ޑިރެކްޓަރުންގެ ޓެސްޓުން ފާސްވެފައި ކަމަށެވެ.

ޗެލްސީ މިހާރު ހިންގަމުން އަންނަނީ ސަރުކާރުގެ ހާއްސަ ލައިސަންސެއްގެ ދަށުންނެވެ.

"ރޭ މެންދަމުގެ ވަގުތެއްގައި އިނގިރޭސި ސަރުކާރުން ވަނީ ޗެލްސީ ވިއްކުމުގެ ހުއްދަ ދޭ ލައިސަންސް ދޫކުރެވޭނެ ފަދަ ހާލަތަކަށް ގޮސްފައި" އިނގެރޭސި ސަރުކާރުން ނެރުނު ބަޔާނުގައި ބުންޏެވެ.

އިތުރަށް ބަޔާނުގައި ބުނެފައިވަނީ ޗެލްސީ ވިއްކާލައިގެން އަބްރަމޮވިޗް އަށް އެއްވެސް އެއްޗެއް ލިބުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި ރޯމަން އަބްރަމޮވިޗް އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން، ޗެލްސީއަށް ކުރިއަށްދެވޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަކމަށް އެ ބަޔާނުގައި ބުންޏެވެ. ފުޓްބޯޅަ ކުރިއަށް ގެންދެވޭނެ ކަން ކަށަވަރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"ފުޅާ ދާއިރާއެއްގައި ކުރެވުނު މަސައްކަތްތަކަށް ފަހު މިހާރު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ ވިއްކައިގެން ލިބޭ ފުރިހަމަ ފައިސާއިން ރޯމަން އަބްރަމޮވިޗް އަށް ވެސް އަދި އެހެން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތަކަށް އެއްވެސް ފައިދާއެއް ނުކުރާނެތީ. މިހާރު އަޅުގަނޑުމެން ފަށާނީ، މި ވިއްކައިގެން ލިބޭ ފައިސާ، ޔޫކްރެއިންގައި އިންސާނީ އެހީއަށް ޓަކައި ބޭނުން ކުރެވޭކަން ކަށަވަރު ކުރުމުގެ މަސައްކަތް، ހަނގުރާމައިގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން."

ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ޗެލްސީން ވަނީ މެއި މަހުގެ ކުރީކޮޅު ބޮއެލީ ވިއްކާލަން އެއްބަސްވެފައެވެ. މި ހުށަހެޅުމުގެ އިސްކޮށް ހުންނެވީ ބޮއެލީ ނަމަވެސް ކެލިފޯނިއާގެ ޕްރައިވެޓް އިކުއިޓީ ފާމެއް ކަމަށްވާ ކްލިއަރލޭކް ކެޕިޓަލް އަކީ ޗެލްސީގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެކެވެ. އިތުރު އިންވެސްޓަރުންގެ ތެރޭގައި އެމެރިކާގެ ބިލިއަނަރު މާކް ވޯލްޓަރ އާއި އެލްއޭ ޑޯޖަރސްގެ ކޯ-އޯނަރ އަދި ސްވިސް ބިލިއަނަރު ހަންސްޖޯރގް ވައިސް ވެސް ހިމެނެއެވެ.

ތިން ވަނައިގައި އޮތް ޗެލްސީ އަށް ޕްރިމިއާ ލީގުގެ ސީޒަން ނިންމާލެވުނީ އީއެފްއެލް ކަޕާއި އެފްއޭ ކަޕްގެ ދެ ފައިނަލުން ވެސް ލިވަޕޫލަށް ޕެނަލްޓީޖަހައިގެން ބަލިވެ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިގެންނެވެ.

ކުޅިވަރާ ބެހޭ ވަޒީރު ނައިޖެލް ހަޑްސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ޗެލްސީއަށް ބޮޑު ދުވަހެއް ކަމަށާއި، ކެތްތެރިކަމަށް ޝުކުރު އަދާކުރާކަމަށެވެ. އަދި މިއީ ސަޕޯޓަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އާ އޯނަރުންނާއެކު އުޖާލާ މުސްތަގުބަލެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް."

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.