ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް

ނައިފަރު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކޮށްދިނުމަށް އެ ރަށުގައި ހިންގި ހައުސިންގ މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށްޓަވާ ނިންމެވި މަޝްރޫއެއް ކަމަށާ އެކަން އޮޅުވާނުލުމަށް ހައުސިން މިިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ނައިފަރު ހައުސިންގ މަޝްރޫއާ ގުޅޭގޮތުން އެ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލައް ޖަވާބުދެއްވަމުންނެވެ. ސުވާލުކުރެއްވިއިރު ނައިފަރު ދާއިރާގެ މެމްބަރު ވިދާޅުވީ އެ މަޝްރޫއަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއެއްކަމަށެވެ. ޝިޔާމް ވިދާޅުވީ ކައުންސިލާ ހަވާލުކޮށްފައިވާ ފްލެޓްތަކުގެ ކޮމަންއޭރިއާ ބެލެހެއްޓުންވެސް ރަށު ކައުންސިލާ ހަވާލުކޮށްފައިވާއިރު، އެކަމަަށް މިނިސްޓްރީން ފައިސާ ނުދީގެން އެކަންތައްތައް ކައުންސިލަށް ނުބެލޭކަން ފާހަގަކޮށް ކައުންސިލުން ބަޔާނެއް ނެރެފައިވާ ކަމަށެވެ.

އެ ވާހަކައަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ ނައިފަރުގެ ހައުސިންގ ޕްރޮޖެކްޓްގައި ސޮއިކުރީ ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ނޫން ކަމަށާ އެ ޕްރޮޖެކްޓްގައި ސޮއިކޮށް މަސައްކަތް ނިންމާ ހަވާލުކުރީ ވެސް މި ސަރުކާރުން ކަމަށެވެ. އަދި އެތަނުގެ މަރާމާތު ފައިސާ އަކީ، މަހުން މަހަށް ނަގާ އަގުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށާއި، އެ ފައިސާ ކައުންސިލަށް ލިބެންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެފައިސާ ކައުންސިލަށް ނުލިބޭކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އެކަން އެގޮތަށް ދޭތޯ ބައްލަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނައިފަރުގައި 100 ހައުސިން ޔުނިޓުގެ އިމާރާތް ކުރުމުގެ މަސައްކަތް 2021 އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އާރްސީސީއާ ހަވާލުކުރީ 72.3 މިލިއަން ރުފިޔާ އަށް، 330 ދުވަހުގެތެރޭ ނިންމާ ގޮތަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ސަރުކާރުން ވަނީ، ނައިފަރުގައި ގާއިމްކުރި މި 100 ހައުސިންގ ޔުނިޓްގެ ތަޅުދަނޑިތައް އެރަށު ކައުންސިލާ ހަވާލުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.