އާސަހަރާގައި މަހާނައެއް ވަށައިގެން ރާނާ، ރީތިކޮށްފަ. ފޮޓޯ/ ފަޔާޒު މޫސާ / މިހާރު

މަހާނަ ރީތިކުރުމުގެ ނަމުގައި މަހާނާގައި ގާފޮޅު ރާނާ މުށިޖެހުމަކީ ދީނުގައި ޙަރާމް ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައި މިވަނީ މިފަހަކަށް އައިސް އާސަހަރާގައި ބައެއް މަހާނަތައް ވަރަށް ބޮޑަށް ޒީނަތްތެރިކޮށް އެކަން އެކަކަށްވުރެ އަނެކަކު މޮޅަށް ކުރަން މަސައްކަތްކުރާ ކަމަށް ވާހަކަތައް ދެކެވެމުންދާ ދުވަސްވަރެއްގައެވެ.

ގިނަ މަހާނަތަކެއްގެ ކައިރީގައި ގާފޮޅު ރާނާފައި ހުރިއިރު މިއީ މަހާނަތައް ކައިރިއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ މީހެއްގެ އާއިލީ މީހާގެ މަހާނަ ރީތިކުރަން އޮފަރތައް އަންނަކަމަށްވެއެވެ. އެގޮތުން އެކި އަގުތަކުގައި އެކި ފަންތިއަށް މިކަން ކުރަމުންދާ ކަމަށްވެސް ވެއެވެ.

މިކަމާ ގުޅިގެން އަލީ ޒައިދު ވިދާޅުވީ ‏އާސަހަރާގައި މި ކުރަނީ ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ޤަބުރުމަތީ ބިނާ ކުރުމާ، އެ ތަނަކީ އިށީންނަ އައްޑާ އެއްކަމުގައި ހެދުމާ އަދި ޒީނަތްތެރި ކުރުން މަނާ ކުރައްވާފައި ކަމަށެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޤަބުރުމަތީ ބިނާ ކުރުމާ، އެ ތަނަކީ އިށީންނަ އައްޑާ އެއްކަމުގައި ހެދުމާ މިގޮތަށް ޒީނަތްތެރި ކުރުން މަނާ ކުރައްވާފައި! މިކަން ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން!

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.