އަންނަ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވާލްޑް ކަޕް 2022 އާ ގުޅުވާ އުރީދޫއިން "އުރީދޫ ވާލްޑް ކަޕް ފޯރި" ނަމުގައި ހާއްސަ ކެމްޕެއިން ފަށައިފި އެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕޭން ލޯންޗުކުރުމަށް ކްރޮސްރޯޑުގައި ބޭއްވި ހަފުލާ އިފްތިތާހުކޮށްދެއްވީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕޭން ލޯންޗު ކުރުމުގެ ގޮތުން ޓީމް އުރީދޫ އާއި ޓީމް ހާޑް ރޮކް ހޮޓެލްއިން ވަނީ މެޗެއް ވެސް ކުޅެފައެވެ. އެ މެޗް ކާމިޔާބު ކުރީ ހާޑް ރޮކް ހޮޓެލްއިންނެވެ.

އެ ހަފުލާގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، ފުޓްބޯޅަ ސީޒަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ފަރާތްތަކަށް ކުލަގަދަ އަދި ފޯރިގަދަ ވަގުތުތަކަކަށް ހެދުމަށް އުރީދޫން ގިނަ މަސައްކަތެއް ކުރާނެ ކަމަށެވެ.

އަޅުގަނޑުމެން ރަސްމީކޮށް އުރީދޫ ވޯލްޑް ކަޕް ފޯރި މި ލޯންޗުކުރީ ހާޑް ރޮކް ހޮޓެލް އާއެކު ކުޅެވުނު އެކުވެރިކަމުގެ ފުޓްސެލް މެޗަކުން، ނަމަވެސް މިއީ ހަމައެކަނި ފެށުމެއް އެގޮތުން މި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ފުރުސަތުތަކާއި ހަރަކާތްތައް ވަނީ ރޭވިފައި. އަޅުގަނޑުމެންގެ އަމާޒަކީ ވޯލްޑް ކަޕްގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތައިނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން،"

އެ ހަފުލާގައި ހަބޭސް ބޮޑުބެރު އަދި ރާއްޖޭގެ ރެޑްބުލް ފްރީ ސްޓައިލް ޗެމްޕިއަން މުހައްމަދު ސައިފު ވަނީ ހާއްސަ ހަރަކާތްތަކެއް ހުށަހަޅައިދީފައެވެ

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ގޮތުގައި އިއުލާނުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އުރީދޫ ގްރޫޕުން ފީފާ އަދި ވޯލްޑް ކަޕް 2022 އަށް ދޭ މި ވަރުގަދަ އެއްބާރުލުމާ އެއްގޮތްވާގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން ވެސް ރާއްޖޭގައި ތިބި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަަކަށް ކުލަގަދަ އަދި އުފާވެރި ފުޓުބޯޅަ ފެސްޓިވަލެއް ތަޖުރިބާކުރުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫއިން ވަނީ މަސައްކަތް ފަށާފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ފީފާ ވޯލްޑް ކަޕް ގަތަރު 2022، ފަށާނީ ނޮވެމްބަރު 21ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.