މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މަޝްހޫރު ޓިކްޓޮކްތަރި ފާތުމަތު ރޫމާ (ރޫމީ) ބަންދުން ދޫކޮށްލައިފިއެވެ.
މި މަހުގެ 11 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު ރޫމީ އާއި އޭނާގެ ފިރިމީހާ ހައްަރުކުރި އިރު އޭނާ ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ. އޭނާ ދޫކޮށްލުމަށް ކޯޓުން ކުރި އަމުރުގައި ވަނީ އެ މަސްތުވާތަކެއްޗާއި އޭނާ އާ އެއްވެސް ގުޅުވޭނެ ގޮތެއް ނެތްކަން ދިފާއުން ފާހަގަކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން ވަނީ އެ މަސްތުވާތަކެތި ހޯދީ އެހެން ގެއެއްގެ ފުރާޅުމަތިން ކަމަށާއި، އެއީ އޭނާ އެއްލާލި އެއްޗެއް ކަމަށް އެއްބަސްވެފައިވާ ކަމަށް ވެސް ބުނެފައެވެ. އެކަމަކު މަސްތުވާތަކެތި ހޯދަން ބަލާ ފާސްކުރި އަމުރު އޮތީ ގޯސްކޮށް ކަމަށް ދިފާއުން އޭރު ބުނެއެވެ.
މި މައްސަލާގައި ރޫމީ އާ އެކު ހައްޔަރުކުރި އޭނާގެ ފިރިމީހާ ވެސް ވަނީ ދޫކޮށްލަފައެވެ.