ޚަބަރު
އަސްލަމް: ކިނބިދޫ ދާއިރާއަށް އޮތީ “އާއިލީ” ލޯތްބެއް، ދާއިރާގެ ފުދުންތެރިކަން މެކުހަށް ޖެހުމަކީ އަމާޒު!

މުހައްމަދު އަސްލަމް (ކަސްޓަމާ)ގެ ނަން އިވުމުން، އެއީ ކާކުކަން ތަޢާރަފް ކޮށްދޭން ޖެހޭ ރައްޔިތެއް ކިނބިދޫ ދާއިރާގައި ހުރެދާނެ ކަމަކަށް މިހާރު ނުބެލެވެއެވެ. އެހާވެސް އަސްލަމް އެ ދާއިރާއަށް ފަރިތައެވެ. ޙާއްސަކޮށް، އަސްލަމާއި ކިނބިދޫ ދާއިރާގެ ކުދިބޮޑު އެންމެންނާ ވަނީ އެއްބަޑު އެއްބަފާކަމުގެ ޙާއްސަ ކުލުނެއް އުފެދިފައެވެ. އެހެންކަމުން އަންނަ އަހަރު އޮންނަ ރައްޔިތުން މަޖިލީސް އިންތިހާބަށް އަސްލަމް ކިނބިދޫ ދާއިރާ ޙިޔާރުކުރީ މިދާއިރާއަށް ތަފާތު ކުރުމެއް ނެތި، ޙިދުމަތްތަކެއް ކޮށްދެއްވުމަށެވެ. އަދި ދާއިރާގެ ފަސް ރަށް ކަމަށްވާ ކިނބިދޫ، އޮމަދޫ، ހިރިލަންދޫ، ވަންދޫ، އަދި ކަނޑޫދޫ، އަށް ހިދުމަތް ކޮށްދޭން އަސްލަމް ހުރީ ތައްޔާރަށެވެ. ކިނބިދޫ ދާއިރާގެ ޒުވާން ޖީލުތަކަށް އަމިއްލަ ވިޔަފާރިން، އަބުރުވެރި މަސައްކަތްތަކެއް ބިނާކުރަން ފުރުސަތު ހޯދާދިނުމަށް، އަސްލަމް ހުރީ ކެތްމަދުވެފައެވެ.

“ސިޔާސީ މަސައްކަތަކީ އަޅަގަނޑު ކޮށް އުޅޭ، ވަރަށް ކުރަން ބޭނުންވާ ކަމެއް” އެއީ އަޅުގަނޑަކީ ވަރަށް ބޮޑަށް ރައްޔިތުންނަށް ޙިދުމަތް ކުރަން ބޭނުންވާ މީހަކަށްވެސް ވުމާއެކު. މިކަން އަނެއްހެން ރަސްމީކޮށް ފެށުނީ، 2013 ވަނަ އަހަރު ވަނައަހަރު ފުވައްމުލަކު ކައުންސިލުން. އެފަހަރު އިންތިހާބުގެ އެންމެ ގިނަ ވޯޓާއެކު ހޮވިގެން، އެހިސާބުން ޕީޕީއެމްއާއެކު މަސައްކަތް ކުރަން ފެށީ، ”އަސްލަމް ލާމް ޓޭލްސް” އަށް ވިދާޅުވިއެވެ.

ޕީޕީއެމްއިން 2018 ގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ކުރި މަސައްކަތުގައި ސްޓިއަރިން ކޮމިޓީގައި އަސްލަމް މަސައްކަތް ކުރެއްވި. އެހިސާބުން ދެން ސިޔާސީ މަސައްކަތް އިތުރަށް ފެށުނީ، އެއަށްފަހު ޕީޕީއެމްގެ ވެރިކަން ނިމުމާއެކު، ޕީޕީއެމްގެ ލީޑަރު މިނިވަން ކުރުމަށް އަޑުއުފުލުމުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް އަސްލަމް ކުރެއްވި. މި ފާއިތުވި ފަސް އަހަރުވެސް ސިޔާސީ މަސައްކަތްތަކުގައި މަސައްކަތް ކުރީ އިންސާފު ހޯދާ އަލުން އަނބުރާ ޕީޕީއެމް، ޕީއެންސީ އަށް ވެރިކަން ހޯދުމަށް.

އަސްލަމް މިފަހަރުގެ މަޖިލީހަށް ނުކުތުމަކީ ދާއިރާގެ ރައްޔިތުންގެ އިތުރުން، ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެވެސް ވަރަށް ބޮޑު އެދެމެކެވެ. އެ އެދުމަށް، ސަރުކާރާއި ގުޅިގެން ދާއިރާއަށް އަގުހުރި ޙިދުމަތްތަކެއް، ދާއިރާގެ އަޑު މަޖިލީހުގައި އުފުލުގައި، ވަކި ރައްޔިތެއް ތަފާތު ކުރުމެއް ނެތި ޙިދުމަތް ކުރަން އަސްލަމް ހުރީ ފުރިހަމައަށް ތައްޔާރަށެވެ. އަސްލަމް ދެކޭ ގޮތުގައި، އޭނާގެ ތަފާތަކަށް ވާނީވެސް އެކަމެވެ. އަސްލަމްގެ ކިބައިގައި އެކަން ކުރުމުގެ ގާބިލުކަން އެބަހުރިވެސް މެއެވެ.

“އުފެދުމުގައިވެސް އަޅުގަނޑަކީ ހިދުމަތްތެރިއެއް. ޙިދުމަތް ކުރުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް. އެހެންވީމަ މަޖިލީހަށް ނުކުންނަނީވެސް ޙިދުމަތެއް ކޮއްދިނުމަށް. އާ ރޮނގަކުން ޤައުމަށް، ދާއިރާއަށް ހިދުމަތްކުރަން ލިބޭ ފުރުސަތެއް މިއީ،” އަސްލަމް ވިދާޅުވިއެވެ.

ކިނބިދޫ ދާއިރާއަކީ ހަމަ އަމިއްލަ ދާއިރާ، އެ އިހުސާސް ކުރެވޭ!

އަސްލަމް ކިނބިދޫ ދާއިރާއަށް އުފަން ބޭފުޅެއް ނޫން ނަމަވެސް، އެ ބީރަށްޓެހި ކަމެއް ނެތެވެ. ދުރު އެކަކުވެސް ނެތެވެ. މިދިޔަ ދުވަސްތަކުގައި އެ ދާއިރާގެ ޒުވުންނާނުންނާއި، އިސް ރަށްވެހިންނާއެކުވެސް އަސްލަމް ގާއިމުކޮށްފައި ވަނީ ގާތް، އަޙުވަންތަ ގުޅުމެކެވެ.

“އެއީ އަޅުގަނޑުގެ އުފަން ދާއިރާގެ ގޮތުގައި އިހުސާސް ކުރެވެނީ. އަޅުގަނޑަށް އިހުސާސްވަނީ އެއީ ހަމަ އަމިއްލަ އުފަން ދާއިރާގެ ގޮތުގައި. މިދިޔަ އަހަރުތަކުގައި ވަރަށް ގާތްކޮށް މަސައްކަތް ކުރެވިފައި އޮތީ. އެހާވެސް ގާތް، އާއިލީ ގުޅުމެއް މިހާރު މިއޮތީ. ޒުވާނުންނާއި އިސްރަށްވެހިންނާއި، ހާއްސަކޮށް ސަރުކާރަށް ތާއިދުކުރާ އެތައް ބައެއްގެ އެދުމެއް މި ގޮނޑިއަށް އަޅުގަނޑު ވާދަކުރުމަކީ. އެބޭފުޅުން ދެކޭ ދެކުމުގައި، އަޅުގަނޑަކީ މި ގޮނޑި ކާމިޔާބުކުރެވޭނެ ހަމައެކަނި ކެނޑިޑޭޓެއް،” އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ތަފާތަކީ ހަމަހަމަކަން: ތަސައްވަރު ފުދުންތެރި މާދަމާއަކަށް.

އަސްލަމާއި އެހެން ކެނޑިޑޭޓުންނާއި ތަފާތަކީ ހަމަހަމަ ކަމަށް ވިސްނުން ގެންގުޅުމެވެ. ވަކި ރަށެއްގެ ވަކި މީހެއް އޭނާއަކަށް ތަފާތެއް ނެތެވެ. ޙިދުމަތް ކުރުމުގައި އަބަދުވެސް ގެންގުޅޭ ހަމަހަމަ މިންގަނޑުން ދާއިރާ މިނެކިރާނެ ކަމަށް އޭނާ ޔަގީންކަން ދެއެވެ.

“އަޅުގަނޑަކީ އެއްވެސް ހާލެއްގައި ވަކި ރަށެއް، ވަކި މީހެއް ތަފާތުކުރާނެ މީހެއް ނޫން. އަޅުގަނޑުގެ ދާއިރާގެ ފަސް ރަށަށްވެސް ތަފާތުކުރުމެއް ނޯންނާނެ. ހުރިހާ ރައްޔިތުންވެސް އަޅުގަނޑަށް ހަމަހަމަ ވާނެ” އަސްލަމް ވިދާޅުވިއެވެ.

ދާއިރާއަށް އަސްލަމް ގެންގުޅޭ ބޮޑު ތަސައްވަރެއް އެބައޮތް. އިޤުތިޞާދީ ފުދުންތެރިކަން އިތުރުކޮށް، އަމިއްލަ ވިޔަފާރިތަކަށް ފައިމައްޗަށް ތެދުވެވޭނެ މަގުތައް ހޯދާދިނުމެވެ.

ޔަގީން ކުރައްވާ! “އަޅުގަނޑަކީ ކިނބިދޫ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްދެވޭނެ ހަމައެކަނި ކެންޑިޑޭޓް” ނިންމަލަމުން އަސްލަމް ވިދާޅުވިއެވެ.

ނޯޓް
މި ލިޔުމަކީ ލާމުޓޭލްސްގެ މަޖިލިސް ޕްރައިމަރީ ކެމްޕޭނުގެ ޕެއިޑް ޕްރޮމޯޝަނަލް ލިޔުމެކެވެ.
8
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ރަނިއްޔާ4 މަސް ކުރިން

އަޅުގަނޑަށް އެނގޭ މިދާއިރާއަށް ފުރިހަމަ ތަރައްގި ގެނެވޭނި އަސްލަމަށް ކަން އެހެންވެ އަޅުގަނޑުގެ ފުރިހަމަ ތާއީދު އަސްލަމަށް އެބަ އޮތް ވާހަކަ ވަރަށް އުފަލާއެކުގައި ދަންނަވަމެވެ

Home
Menu
Search
Back to top