ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންވާ ރެޑީ މިކްސް ކޮންކްރީޓް އެސްޓީއޯ އިން ކާމިޔާބުކަމާއެކު ޓެސްޓް ކޮށްފި އެވެ.

މިކަން ހާމަކުރައްވާ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އެޅުމަށް ހަމަޖެހިފައިވާ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންވާ ރެޑީ މިކްސް ކޮންކްރީޓް ޓެސްޓްކޮށްފައިވާ ކަމަށާ މިފަދަ ފުރުސަތެއް އިންޑިއާއިން ފަހިކޮށްދިނީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސިމެންތި ޓެސްޓް ކުރީ މާލޭގެ ސިނާއީ އޭރިއާގައި ރޭގެ ވަގުތެއްގަ އެވެ.

ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރުމަށްޓަކައި އެސްޓީއޯއާއި އެފްކޮން އިންފްރާސްރަކްޗަރ ލިމިޓެޑްއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއްއަހަރު ދުވަހަށް ސޮއި ކުރި މިއެގްރީމަންޓްގެ ދަށުން 7500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކުރީޓް ގަތުމަށް އެފްކޮންއިން ވަނީ އެސްޓީއޯ އާއިއެކު އެއްބަސްވެފައެވެ.

މިޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި  ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި މިކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އެސްޓީއޯއިން ވަނީ ފުރިހަމަ ކޮށްފައެވެ. މިގޮތުން ސަޕްލައިކުރާ ކޮންކްރީޓަކީއަކީ ހައި ސްޓްރެންގތު ކޮންކުރީޓަށް ވުމާއި އެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރުވަނީ ގާއިމް ކުރެވިފައެވެ.

ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މި ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށް އެސްޓީއޯއަށް ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި އެސްޓީއޯއިން ދެކެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.