ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މިހާރު ކުރަމުންދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ސަރަޙައްދު ކޮނުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ބުނީ ކާޑެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
ކާޑެއްދޫ މިހާރު ބޭނުން ކުރަމުންދާ ބަނދަރަކީ މީގެ 28 އަހަރު ކުރިން އެރަށުގެ އެއަރޕޯޓް ތަރައްގީ ކުރި އިރު ހަދާފައިވާ ބަނދަރެކެވެ. މި ބަނދަރުގެ ޖެޓީގެ ބޮޑު ބައެއް މި އަހަރު ކުރީ ކޮޅު ވެއްޓިފައިވާއިރު އޭގެ ސަބަބުނ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކަކާވަނީ ކުރިމަތިލާންޖެހިފައެވެ.
ސަރުކާރުން އެމްޓީސީސީއާއި ހަވާލްކޮށްގެން މިހާރު ކާޑެއްދޫގައި ތަރައްގީ ކު ރާބަނދަރުގެ މަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަހަދެއްގައި ހާބަރ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 9.52 މިލިޔަން ރުފިޔާއަށެވެ.