ގަ. ވިލިނގިލި

ގއ. ވިލިނގިލި ނެރުމައްޗަށް ލޯންޗެއް އަރައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ 5 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ގއ.ވިލިނގިލީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި ލޯންޗުގައި ތިބި 2 މީހަކު ކަނޑަށް ވެއްޓި ގެއްލުނު ކަމަށް ފުލުހުން މައުލޫމާތު ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ގެއްލުނު ދެމީހުން މިހާރު ފެނިފައިވާ ކަމަށާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް 2 މީހުން ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ލޯންގައި ދެން ތިބި 3 މީހުންނަށްވެސް އަނިޔާވެފައިވާ ކަމަށާ އެމީހުންނަށް ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން އިތުރަށޤ ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *