މަސްވެރިކަން ކުރަން ނިކުމެ އުޅުނު ދޯންޏެއް ތ. ގާދިއްފުށި ކައިރިން ފަރަށް އަރައިފިއެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ފަރަށް އަރާފައި ވަނީ "އުފާ ނަމަކަށް ކިޔާ މަސް ދޯންޏެއް ކަމަށެވެ. އަދި އެ ދޯނީގައި 16 މީހުން ދަތުރުކުރި ކަމަށެވެ.
ތ. ގާދިއްފުށި ކައިރިން "އުފާ" ފަރަކަށް އަރައިގެން އެމްއެންޑީއެފަ ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސްކޮޑްރަނުން މމިހާރު ދަނި ހަރަކާތެރިވަމުންނެވެ.
16 މީހުންނާއެކު މަސްވެރިކަމަށް ނިކުމެއުޅުނު "އުފާ" ނަމަކަށް ކިޔާ މަސް ދޯންޏެއް، ތ.ގާދިއްފުށި ކައިރިން ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފި. pic.twitter.com/qRTEIBmkFt
— Maldives National Defence Force (@MNDF_Official) May 21, 2022
މަސް ދޯންޏެއް ފަރަށް އެރުމުގެ ހާދިސާއެއް ހިނގައިގެން އުޅޭއިރު، ދާދިފަހުން ކުޑަކުދިން ހިމެނޭހެން 130 މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އެރި ހާދިސާއެއް މިމަހު ކުރީކޮޅު ވަނީ ހިނގާފައެވެ. ށ. ފޯކައިދުއިން މާލެއަށް ދަތުރުކުރި އެ ބޯޓު އެރީ ޅ. ހިންނަވަރު ކައިރީ އޮންނަ ގާއެރިފަރަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
"ފުރާގު 2" ނަމަކށް ކިޔާ އެ ބޯޓު ފަރަށް އެރުމުގެ ހާދިސާ ހިނގީ މިމަހު 6 ވަނަ ދުވަހުގެ ރޭ 8:30 ހާއިރެވެ. ބޯޓު ފަރަށް އެރުމުން، ބޯޓުގައި ތިބި މީހުން ރައްކާތެރިކަމާއެކު ޅ. ނައިފަރަށް ގެންދިޔައިރު، އެރޭގެ ވަގުތެއްގައި ސިފައިންނާ ފުލުހުން ވަނީ ބޯޓު ކަފު ޖަހައިގެން ނައިފަރު ފަރަށް ވައްދާފައެވެ.