ރިސޯޓެއްގެ އިމާރާތެއްގެ މަތިން ވެއްޓި، ދިވެއްސަކު މަރުވެއްޖެއެވެ.
އެކަމަ ގުޅިގެން ފުލުހުން ބުނީ، ހާދިސާ ހިނގާފައި ވަނީ ރ. އަތޮޅުގެ ރިސޯޓޭއްގައި ކަމަށެވެ. އެގޮތުން ރިސޯޓުގެ އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާއިން ދިވެހި ފިރިހެނަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 12:49 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ރ. އަތޮޅުގައި ހުންނަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އިމާރާތުގެ މަތިން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ. އަދި އޭނާއަކީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.