އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް -- ފޮޓޯ: އެމްޓީސީސީ

އަމާޒަކީ އަހަރު މި އަހަރު ނިންމާ ފައިދާ 300 މިލިއަން ރުފިޔާއަށްވުރެ މަތި ކުރުން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ އަހަރީ ޢާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުން އެމްޓީސީސީގެ ތަރައްޤީއަށް ކޮށްދެއްވާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަކަމަށާ އެކަން އެގޮތައް ނުކޮށްދޭނަމަ އެމްޓީސީސީން މިއަދު މިދެކޭ ކުރިއެރުން ނުލިބުނީސްކަމަށެވެ.

އާޒިމް ވިދާޅުވީ ކުރިން 1،500 މުވައްޒަފުން ތިބި އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 3،600 އަށް އިތުރުވެ ކުރިން އެއް ފަހަރާ 20 މަޝްރޫއު ހިންގޭ ކުންފުނީގެ ކެޕޭސިޓީ 100 އަށް މަތިވެފައިވާކަމަށެވެ.

އާޒިމް ވިދާޅުވީ ކުރިން އެމްޓީސީސީއަކީ އަހަރަކު 50 މިލިއަނުގެ ފައިދާވާ ކުންފުންޏެއްކަމަށާ، ނަމަވެސް މިހާރު އެމްޓީސީސީގެ ފައިދާ ބޮޑުތަނުން އިތުރުވެފައިވާކަމަށެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީން ކޮންމެ އަހަރަކުވެސް އަމާޒު ހިފަނީ ކުރީއަހަރަށްވުރެ 50 މިލިއަން އިތުރަށް ފައިދާ ހޯދުމަށްކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު 224 މިލިއަން ރުފިޔާ އަދި މިދިޔަ 2021 ވަނަ އަހަރު 270 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން 2022 ގެ އަމާޒަކީ 300 މިލިއަނަށްވުރެ ބޮޑު ފައިދާއަކާއިއެކު ނިންމުން. އަދި ނިންމާފައި 2023 ވަނަ އަހަރަކީ 350 މިލިއަނަށްވުރެ މަތީ ފައިދާއަކުން ނިންމުން."

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ޑިރެކްޓަރުގެ ބޯޑުގެ ނިންމުމާ އެއްގޮތަށް ހިއްސާގެ ފައިދާގެ ގޮތުގައި 3.50ރ ބަހަން ވަނީ ނިންމާފަ އެވެ.

އެމްޓީސީސީގެ ފައިދާ މިދިޔަ އަހަރު ވަނީ 21 އިންސައތަ އިތުރުވެފަ އެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.