އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ތިން ފަޅެއް ވިއްކަން އިއުލާން ކޮށްފައިވަނީ، އެ ފަޅުތަކާ ގުޅޭގޮތުން ކުރާ ތަހުގީގުތަކުގެ މައުލޫމާތުތައް ހޯދައި، އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވިއްކާލަން މަސައްކަތްކުރަނީ ކުރީ ސަރުކާރުގައި ސިންގަޕޫރުގެ ސަނީ ހޯލްޑިންސްއަށް މާފުށީ ކައިރިން ދޫކޮށްފައިވާ ފަޅާއި، ތުރުކީގެ ވިޔަފާރިވެރިންތަކެއް ހިމެނޭ ޑެޕެޒާ ސާވިސަސްއިން ކުއްޔަށް ނަގާފައިވާ ކ. ވާވެއްދި ފަޅާއި ދުބާއީގެ ޑެލްމާ ކުންފުނިން ކުއްޔަށް ނަގާފައިވާ ކ. ތޮޅިމަރާހުރާ ފިނޮޅާއި ފަޅެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި އާއްމު އުސޫލުން އެ މިނިސްޓްރީން ވަނީ އެ ތިން ފަޅު ވިއްކާލުމުގެ ކުރިން އިއުތިރާޒު ކުރާ ފަރާތެއް ހުރިތޯ ބަލަން އިއުލާން ކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ތިންފަޅު ވެސް ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ފަޅުތައް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެ ފަރާތުން ހުށަހަޅާފައިވާތީ، އެ ފަޅާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ އެކަން ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިތިން ފަޅު ވިއްކާލަން އިއުލާން ކޮށްފައިވަނީ ދައުލަތުގެ ތަހުގީގީ އިދާރާތަކާއި، ޕީޖީ އޮފީހުންވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައިކަމަށާ މި 3 ފަޅާއި ގުޅޭ އެއްވެސް ތަހުގީގެއްވެސް އަދި މި 3 ފަޅާއި ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާކުރުމަށްވެސް ފޮނުވާފައި ނުވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.