އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއެކު 2023 ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އިންތިޚާބުން ފައްޔާޟް އިސްމާއިލު ހޯއްދެއްވި ކާމިޔާބީ ފާހަގަކުރައްވާ ފައްޔާޟަށް މަރުހާބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ފަޔާގެ ހިންގުމުގެ ތަޖުރިބާއާއެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް. ކުރިއަށް، ކުރިއަށް، ބާރަށް ކުރިއަށް އެމްޑީޕީ،"
މަރްޙަބާ @faya_i . ފަޔާގެ ހިންގުމުގެ ތަޖުރިބާއާ އެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް . ކުރިއަށް ކުރިއަށް، ބާރަށްކުރިއަށް.@MDPSecretariat pic.twitter.com/YxzLXZLd4s
— Ibrahim Mohamed Solih (@ibusolih) May 19, 2022
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒް ވާދަކުރެއްވީ ރައީސް ސޯލިހުގެ ފެކްޝަނުންނެވެ. ފައްޔާޒްގެ ވާދަވެރިޔާ މާފަންނު އުތުރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަކުރެއްވީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ފައްޔާޟް އިސްމާއިލާއެކު އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.