ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ރައީސް ނަޝީދާ ބައްދަލުކުރެއްވުން--- ފޮޓޯ: މަޖިލިސް

އަވައްޓެރި ސްރީލަންކާއަށް ކުރިމަތުވެފައިވާ އަނދަވަޅުން އަރައިގަތުމަށް މާލީ އެހީ ހޯދުމުގެ މެދުވެރިއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޔަންކުރައްވައިފިއެވެ.

މިގޮތަށް ނިންމެވީ އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާއާ އެކު ރައީސް ނަޝީދު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ. ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ބޮޑުވަޒީރު ރަނިލް މިގޮތަށް ނިންމެވީ ރައީސް ނަޝީދު އެކަމަށް ހުށަހެޅުމުންނެވެ.

ރައީސް ނަޝީދަށް މިކަން ހަވާލުވި އިރު އެމަނިކުފާނަކީ ބޭރުގެ ގިނަ ގައުމުތަކެއްގެ ވެރިންނާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަވައްޓެރި ގައުމުތަކަށް އެހީތެރިވުމާއި ގުޅުންބަދަހިކުރުމަށް އިސްކަންދޭ ސިޔާސަތެއް ގެންގުޅުއްވާ ރައީސް ނަޝީދު މިފަދަ ކަމަކަށް މި ހުށަހެޅުއްވީ ލަންކާގެ އިގްތިސޯދީ ހާލަތު ވަރަށް ބޮޑަށް ދަށްވެ އެ ގައުމު ޒަރޫރީ ބޭނުންތައް ވެސް ނުފުދޭ ހިސާބަށް ގޮސްފައިވަނިކޮށެވެ.

މުޅި ގައުމުން ފައިސާ ވެސް ހުސްވެ، ތެޔޮ ވެސް ވަނީ ހުސްވެފައެވެ. މި އަޑިގަނޑުގެ ތެރެއިން ރަނިލް ބޮޑުވަޒީރުކަމާ ހަވާލުވީ މި ހާލަތުގައި ކުރިން ތިއްބެވި ވެރިން އިސްތިއުފާ ދިނުމަށް ގޮވާލައި އާންމުންގެ މެދުކެނޑުމެއް ނެތް އިހުތިޖާޖުތަކަށް ފަހު އޭރު ބޮޑުވަޒީރަކަށް ހުންނެވީ މަހިންދަ ރާޖަޕަކްސާ އިސްތިއުުފާ ދެއްވުމާ ގުޅިގެންނެވެ. ރަނިލް މަގާމާ ހަވާލުވެވަޑައިގެންނެވީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.