އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް ހަދިޔާކުރާ އެންޓި-ޓިއުބަކިއުލޮސިސް (ޓީބީ) ބޭސް ހަވާލުކޮށްފިއެވެ.
އިންޑިއާގެ ފަރާތުން އިންޑިއަން ހައިކޮމިޝަންގެ ޗާޖް ޑެ އެފެއަރޒް ރޯހިތް ރަތިޝް ވަނީ ދިވެހިރާއްޖޭގެ ހެތްލް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހް އަބްދުﷲ މާހިރާއި މި ތަކެތި ހަވާލުކޮށްފައެވެ.
ހަދިޔާކުރެވުނު ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 ވުރެ ގިނަ ޓެބްލެޓް ހިމެނެއެވެ. މީގެ ތެރޭގައި މަލްޓި-ޑްރަގް-ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމް.ޑީ.އާރް- ޓީބީ) ވެސް ހިމެނެއެވެ. މި އެންޓި-ޓީބީ ބޭސްތައް ހަދިޔާ ކުރެވިފައިވަނީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ސިޔާސަތުގެ ދަށުން ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމް(އެން.ޓީ. އީ.ޕީ)ގެ ސްޓޮކްއިންނެވެ.
ހެލްތު މިނިސްޓްރީން ބުނީ އެންޓި-ޓީބީ ބޭސް ވެގެންދާނީ ދިވެހިރާއްޖެއިން 2025 ވަނަ އަހަރަށް ޓީބީގެ ބަލި މި ޤައުމުން ނައްތާލުމަށް ކުރަމުންދާ މަސައްކަތައް އިތުރު އެހީއެއްގެގޮތުގައި ކަމަށެވެ.
ޓިއުބަކިއުލޮސިސް (ޓީބީ) އަކީ ސަލާމަތްތެރިވެ އެއިން ރަނގަޅުވެވޭދަފަ ބައްޔެއްކަމުގައި ވިޔަސް، އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ ބައްޔެވެ. ދެކުނު އޭޝިޔާގެ ބައްރަކީ ދުނިޔޭގެ އާބާދީގެ ހަތަރު ބައިކޮޅު އެއްބައި ކަމުގައިވެފައި، ދުނިޔޭގައި ނިސްބަތުން ޓީބީ ޖެހޭ މީހުންގެ އަދަދުގެ 43% މީހުންނަނީ މި ސަރަޙައްދުގެ މީހުންކަމުގައިވެފައި، އޭގެ ތެރެއިންވެސް ބޭސްފަރުވާއިން ރަނގަޅު ނުކުރެވޭ ތިން ބައި ކުޅަ އެއްބަޔަކީ މި ސަރަޙައްދުގެ މީހުންނެވެ.