ރޭ މާލޭގައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ފުލުހަކު ނޫސްވެރިންނަށް އިންޒާރު ދިން މައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ފުލުހަށް ސިޓީއެއް ހުށަހަޅައިފިއެވެ.
އެމްއެމްސީން ބުނީ، ފުލުހުންނަށް ސިޓީ ފޮނުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތްތަކުގެ ތެރެއިން ރޭ މާލޭ މަގުމަތީގައި ކުރިއަށް ގެންދިޔަ އެއްވުން ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް "ސޯލިހް" ނަމަކަށް ކިޔާ ފުލުހަކު އިންޒާރުދީފިކަމަށް ބުނެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާތީ ކަމަށެވެ.
އަދި އެ މައްސަލަ ބަލައިދީ، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ހިއްސާކޮށްދިނުމަށް އެދި އެ ކައުންސިލުން މިހާރުވާނީ ދިވެހި ފުލުހުންގެ ހިދުމަތަށް ސިޓީ ފޮނުވާފައި ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތްތަކުގެ ތެރެއިން ރޭ މާލޭ މަގުމަތީގައި ކުރިއަށް ގެންދިޔަ އެއްވުން ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް "ސޯލިހް" ނަމަކަށް ކިޔާ ފުލުހަކު އިންޒާރުދީފިކަމަށް ބުނެ
1/2— Maldives Media Council (@mmc_mv) May 19, 2022
ނޫސްވެރިންނަށް އިންޒާރުދިން މައްސަލަ ބެލުމަށް މީޑިއާ ކައުންސިލުން ފުލުހަށް ހުށަހަޅާފައިވައިރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ އެ މައްސަލަ ބެލުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން އެމްޖޭއޭއިން ވަނީ މިފަހުން ބާއްވަމުންދާ މުޒާހަރާތަކުގައި ނޫސްވެރިންނާމެދު ފުލުހުން އަމަލު ކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ނޫސްވެރިންނަށް އިންޒާރުދިނުން ހުއްޓާލުމަށާއި ރައްކާތެރި މަސައްކަތު މާހައުލެއް ފޯރުކޮށްދިނުމަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.