މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގ -- ފޮޓޯ: ރާއްޖެއެމްވީ

ބްރެޒިލް އިން އައި އެމެރިކާ އަންހެނެއްގެ އަތުން 2 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ ބްރެޒިލް އިން ރާއްޖެ އައި އެމެރިކާގެ ރައްޔިތެއްގެ އަތުން ޖުމްލަ 2.064 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެއީ ބާޒާރުމަތީ އަގުން 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ބުނެފައިވެއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ 2022 މެއި 11 ވަނަ ދުވަހު ރާއްޖެއައި އެމެރިކާގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން، އެފުސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ.

އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަތުލައިގެންފައިވާ ކަމަށް ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.