މެރިޓައިމް ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ހާއްސަ ދުވަހެއް ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އައި.އެމް.އޯ ގެ 31 ވަނަ ޖަލްސާއިން ފާސްކުރެވުނު "2019 ވަނަ އަހަރަށް ކަނޑައަޅާފައިވާ ވޯލްޑް މެރިޓައިމް ތީމްގެ ލެގަސީ ކުރިއަރުވައި، މެރިޓައިމް ދާއިރާއިން އަންހެން ކަނބަލުންނަށް ހުރަހެއްނެތް މަސައްކަތުގެ މާޙައުލެއް ހޯދައިދިނުން" ޤަރާރާ ގުޅިގެން އައި.އެމް.އޯ ގެ 32 ވަނަ
ޖަލްސާގައި ވަނީ މެރިޓައިމް ދާއިރާގައި މަސައްކަތް ކުރައްވާ އަންހެނުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ މެއި މަހުގެ 18 ވަނަ ދުވަސް ކަނޑައަޅާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މެރިޓައިމްދާއިރާގައި އަންހެން ކަނބަލުން ބައިވެރި ކުރުމާއެކު، މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށްވެސް އައި.އެމް.އޯއިން  މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މެރިޓައިމް ދާއިރާއިން އަންހެނުންނާއި ގުޅޭ ދުވަސް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރުން 18 މޭ 2022 ވަނަ ދުވަހު އިފްތިތާޙު ކުރާއިރު، މި ޞިނާޢަތުގައި އަންހެން ކަނބަލުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމަށް މި މިނިސްޓްރީން އެންމެހާ ފަރާތްތަކަށް މިނިސްޓްރީން ވަނީ ގޮވާލާފައެވެ. އަދި މެރިޓައިމް ދާއިރާއަށް އަންހެނުން ރެކްރޫޓް ކުރުމާއި، ދާއިރާގައި މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާ އަދާކުރުމާއި، މެރިޓައިމް ދާއިރާގައި މިހާރު އޮތް ޖެންޑަރ އިމްބެލެންސް ޙައްލުކުރުމަށާއި އަންހެނުންގެ ބައިވެރިވުން މި ދާއިރާގައި އިތުރުކުރުމަށް ސަރުކާރުން
މަސައްކަތް ކުރަމުންދާއިރު ސަރުކާރުން އެކުލަވާލާ މިދާއިރާއާއި ގުޅޭކަންކަމުގައި އަންހެން ކަނބަލުންނަށް އިސްކަންދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ  އަމާޒަކީ މެރިޓައިމް ސިނާއަތުގައި ޖެންޑާ އިމްބެލެންސް ނައްތާލާ މެރިޓައިމް ސިނާއަތަކީ އެންމެންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާނެ ދާއިރާއަކަށް ހެދުން ކަމަށެވެ. އެގޮތުން މެރިޓައިމް ކޮމިއުނިޓީއާއި، ބޯޓުފަހަރުގައި އަންހެނުން މިހާރަށްވުރެ ހާމަކަން ބޮޑުގޮތެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ އަދި ކަންކަން ނިންމާ ފެންވަރުގައި އަންހެނުން ފުޅާ ދާއިރާއެއްގައި ތަމްސީލު ކުރުމާއި ގުޅޭ ގޮތުން "ޓްރެއިނިންގ-ވިސިބިލިޓީ.ރިކޮގްނިޝަން: ސަޕޯޓިންގ އަ ބެރިއަރ ފްރީ ވޯކިންގ އެންވަޔަރަން
ޔަރަންމަންޓް" ޝިއާރުގެ ދަށުން ވަރޗުއަލް ސިމްޕޯސިއަމް އެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.