މޯލްޑިވްސް ޕޯޓްސް ލިމިޓެޑް( އެމްޕީއެލް)

ޓީޖެޓީއާއި ނޯތު ހާބަރުން ލިބޭ އާމްދަނީން މާލެ ސިޓީ ކައުންސިލުން ހޯދަން އެދެނީ އެކަށީގެންވާ އަގެއްނޫން ކަމަށް އެމްޕީއެލުން ބުނެފިއެވެ.

މާލޭގެ ނޯތު ހާބަރާއި، ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތެއް ނުވަތަ ރެވެނިއު ޝެއާރިން މޮޑެލެއް ހަމަޖެއްސުމަަށް ޖެނުއަރީ މަހުގެ ފަހުކޮޅުގައި ރައީސް އޮފީހުން ވަނީ އަންގާފައެވެ. އެމްޕީއެލުން ބުނީ މި އެންގުމާއި އެއްގޮތަށް އެ ކުންފުނިން މާލެ ސިޓީ ކައުންސިލާއި އެކު އެއްމޭޒަކަށް އަރައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެމްޕީއެލުން ބުނީ އެކުންފުނިން ފައިނޭންޝިއަލީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހުށަހެޅި އަގަށް މާލެ ސިޓީ ކައުންސިލުން އެއްބަސްވެފައިނުވާކަމަށެވެ. އަދި ސިޓީ ކައުންސިލުން ހުށަހަޅާފައިވަނީ އެކުންފުނިން ހުށަހެޅި އަގަށް ވުރެ ބޮޑުތަނުން ބޮޑު، ރީޒަނަބަލް އަގެއް ނޫންކަމަށްވެސް އެމް.ޕީ.އެލްއިން ވިދާޅުވެއެވެ. އަދި އެ އަގަކީ ފައިނޭންޝިއަލީ ފީޒަބަލް އަގެއް ނޫންކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.

މިކަމުގައި ސިޓީ ކައުންސިލާއެކު ކުރެވުނު މަޝްވަރާތަކުގެ މަޢުލޫމާތު ރައީސް އޮފީހާއިވެސް މިހާރު ހިއްސާކޮށްފައިވާނެކަމަށް އެމް.ޕީ.އެލްއިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.