އަމީނީ މަގު -- ފޮޓޯ: ޖަޒީރާ

މާލޭގެ މަގުތައްޒަމާނީ ފެންވަރަށް ހެދި އެމަގުތަކުގައި އަރާމުކޮށް ދުއްވާލުމަކީ މި ތަނުގައި ދިރިއުޅޭ ކޮންމެ މީހެއްގެވެސް ހިތުގެ އެދުމަކަށްވާނެއެވެ. މާލޭގެ މަގުތަކުގައު ގާ އަޅާފައި ހުއްޓަސް އެމަގުތަކަކީ ދުއްވަން އެހާ ފަސޭހަ މަގުތަކެއް ނޫނެވެ. މާލޭގައި ގިނައީ ދުއްވަން އުނދަގޫ އަޑިގުޑަން ގިނަ މަގުތަކެވެ. އޭގެތެރެއިން ވެސް މާލޭގެ އަމީނީ މަގަކީ ތަކުލީފު ބޮޑު މަގެކެވެ. އެމަގުގެ އެއްކޮޅުން އަނެއް ކޮޅަށް ދުއްވާލި ދުވަހެއްނަމަ ގުދާރު ބިންދައިގެންދާވަރުވެއެވެ. ވާރޭވެހިއްޖެ ނަމަ އެމަގެކޭ ގަންގާ ކޯރެކޭ ތަފާތެއްނެތެވެ. އެހެންކަމުން މިމަގަށް ކޮންމެވެސް ހައްލެއް ގެންނަން އެބަޖެހެއެވެ.

މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ޒަމާނީ ފެންވަރުގެ މަގުތަކަކަށް އެތަންތަން ބަދަލުކުރުމަށް މިސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. މާލޭގެ ސްޓްރީޓްސްކޭޕިން މަޝްރޫއުގެ ދަށުން މިހާތަނަށް ތިން މަގެއް ވަނީ ހަދާފައެވެ. މިހާރު އެއީ ދުއްވާލަން ފަސޭހަ އެހާމެ ހިތްގައި މަގުތަކެކެވެ. އަދި މިމަޝްރޫއުގެ ދަށުން މާލޭ 15 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އަމީނީ މަގު -- ފޮޓޯ: ޖަޒީރާ

މާލޭގެ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދަށުން މަގުތައް ހެދުމުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފައެވެ. އެހެންނަމަވެސް މިމަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އާރްޑީސީން ބުނީ އެމަޝްރޫއަށް ގެނައި ބަދަލުތަކާއެކު އެގްރިމެންޓް ވެސްވަނީ ބަދަލުކޮށް ސޮއިކުރެވިފައި ކަމަށާ ނުފެށި ލަސްވަނީ ޕްރޮޖެކްޓާ ގުޅުންހުރި ކަންތައްތަކުގެ ތެރެއިބް މާލެސިޓީ ކައުންސިލުން ނިންމަންޖެހޭ އިދާރީ ބައެއް ކަންކަން ނުނިމެލަސްވަމުން ދާތި ކަމަށެވެ.

އާރްޑީސީން ބުނީ މިމަޝްރޫއުގެ ދަށުން ދެން އެންމެ އަވަހަށް ފަށާނީ އަމީނީ މަގުގެ މަސައްކަތް ކަމަށާ ސިޓީ ކައުންސިލުން އިދާރީކަންކަން ހަމަޖައްސައިދިންހާ އަވަހަކަށް މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަމީނީމަގަކީވެސް ޑިޒައިންފައިންލް ކުރެވި މި ޕޮޖެކްޓް ގެ ތެރެއިން ތާރު އަޅައިގެން ޒަމާނީފެންވަރަށް ހަދަންހަމަޖެހިފައިވާ 15 މަގުގެ ތެރެއިން އެއްމަގުކަން ފާހަގަކޮށް އާރްޑީސީން ބުނީ އެމަގު ނިމުމާއެކު އެހެންމަގުތަކުގެ މަސައްކަތަށްވެސް ކައުންސިލްގެ އިދާރީ ކަންކަން ނިމުނުހާއަވަހަކަށް ފެށިގެންދާނެ ކަމަށެވެ.

އަމީނީ މަގު -- ފޮޓޯ: ޖަޒީރާ

އާރްޑީސީން މަގުތަކުގެ މަސައްކަތް ނުފެށި ލަސްވަނީ ކައުންސިލްގެ އިދާރީ ކަންކަން ނުނިމޭތީކަން ހާމަކޮށްފައި މިވަނީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު، މަގުހެދުމުގެ މަޝްރޫއު އޮތީ ސަރުކާރުން ހުއްޓުވާފައި ކަމަށް ވިދާޅުވެފައިވަނިކޮށެވެ. މޭޔަރު ވިދާޅުވީ ބޭރުފުށުން ބަލާއިރު ފެންނަން އޮތީ ކައުންސިލްގެ ނާކާމިޔާބީއެއްގެ ގޮތުގައި ކަމަށާއި، ފެންނަން އޮތީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ނުދާކަން ކަމަށާ އެހެން ނަމަވެސް ކަމުގެ ޙަޤީޤަތަކީ މިކަމަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެއްބާރުލުން ދީފައިނުވުން ކަމަށެވެ.

މޭޔަރުގެ މިވާހަކަތައް އާރްޑީސީން ވަނީ ދޮގުކޮށްފައެވެ. އާރްޑީސީން ބުނީ ކައުންސިލުން ނިންމަންޖެހޭ އިދާރީކަންކަން ނިމުނުހާ އަވަހަކަށް އަމީނީ މަގު ތާރުއަޅާ ޒަމާނީ ފެންވަރައް ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.