މިފްކޯ

އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގާ މިފްކޯ އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިފްކޯ އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު، 17 އިންސައްތައިގެ އިތުރު އަދަދެކެވެކެވެ.

މިފްކޯއަށް އަށް ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ މިދިޔަ އަހަރުގެ މަސް ގަތް މިންވަރާއި މަސް އެކްސްޕޯޓުކުރި އަދަދު އިތުުރުވުމާ ގުޅިގެންނެވެ. މިދިޔަ އަހަރު މިފްކޯއަށް 58،250 ޓަނުގެ މަސް ގަތް އިރު، ރޯ މަހުގެ ގޮތުގައި 47،000 ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

އެސްޓީއޯގެ މާލީ ރިޕޯޓުގައިވާ ގޮތުން މިފްކޯގެ މަސް ގަތުމުގެ ގާބިލްކަން އިތުރު ކުރުމުގެ ގޮތުން މިދިޔަ އަހަރު ވަނީ ދެ އުޅަނދެއް ވަނީ ހޯދާފަ އެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.