ރައީސް ސޯލިހް، މަޖީދީ ރަންގެ ނިންމުމުގެ ރަސްމިއްޔާތުގައި -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ގިނަ އިސްވެރިން ދުވެވަޑައިގެންނެވި "މަޖީދީ ރަން" ރޭ ނިންމާލައިފިއެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ބޭއްވި "މަޖީދީ ރަން" ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ ރޭ މާލެ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކުގައެވެ. މަޖީދީ ރަން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

މިމަހު 13ގައި މަޖީދީ ރަން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުވެސް ޝަރަފުވެރިކޮށްދެއްވީ އެ ދެ ބޭކަނބަލުންނެވެ.

މަޖީދީ ރަން ނިންމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މަޖީދީ ރަންގައި ސިންތެޓިޖް ޓްރެކްގައި ދުވެވަޑައިގަންނަވާފައެވެ. އެއަށްފަހު ރައީސް ސޯލިހް ވަނީ މަޖީދީ ރަން ނިންމެވުމުގެ ގޮތުން މަޖީދީ ރަންގެ ދަންމަރު ނިންވާލައްވާފައެވެ.

މަޖީދީ ރަންގައި މިހާތަނަށް ގިނަ ބަޔަކު ބައިވެރިވެފައިވާއިރު ރޭ ބޭއްވި ރަން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް، މަޖީދީ ރަންގައި ދުވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، މަޖީދީ ރަންގައި ބައިވެރިވެ ވަޑައިގެންނެވި ދައުލަތުގެ އިސްވެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރިން ހިމެނެއެވެ. ހަމައެއާއެކު މަޖީދިއްޔާ ސްކޫލްގެ ގިނަ އަދަދެއްގެ މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުން ވެސް މި ރަންގައި ބައިވެރިވެފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.