މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔުމަށް ފަހު ފިލައިގެން އުޅޭތީ ފުލުހުން ހޯދަން އިއުލާންކުރި މީހާ ހައްޔަރުކޮށްފިއެވެ.

އާންމު މަސްލަހަތަށް ގެއްލުން ހުރި މީހެއް ކަމަށް ބުނެ ކ. މާލެ / މއ. ލެއްގި، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (34އ)  ހޯދަން ފުލުހުން އިއުލާންކުރީ މިއަދުއެވެ. ފުލުހުން ބުނީ މިހާރު އޭނާ ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭ ފާހަނަ ތެރޭގައި ފިލާ އޮއްވާ ކަމަށެވެ. އަދި ހައްޔަރުކުރީ މިއަދު ހަވީރު 5 ޖަހާކަންހާއިރު ކަމަށް ވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން ކަމަށް ބުނެ އިދިކޮޅު ލީޑަރ އަދި ކުރީޣެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކާ ކެމްޕޭނެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލުހުގެ ގަރާރަކުން ވަނީ އެކަން ހުއްޓާލަން އަންގާފައެވެ.

އެކަމަކު އިދިކޮޅުން އަދިވެސް ކެމްޕޭން ކުރިއަށް ގެންދާއިރު، ގޭގޭގައި އިންޑިއާ ދިދަ އާއި އެކު ޖަގާފައިވާ އިންޑިއާ އައުޓް ބޯޑުތަކާއި ބެނާތައް ހަރުކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.