ސްޓެލްކޯގެ އެމްޑީ ކަން ލިބިވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނަވައިގެން އިހުލާސްތެރިކަމާއި ނަޒާހާތްތެރި ކަމާ އެކު މަސައްކަތް ކުރެއްވީތީ ކަމަށް ސްޓެލްކޯއަށް އަލަށް އައްޔަންކުރި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ ޝަރީފް ކޮމިޝަނުގެ ރައީސް ކަމުގައި ހުންނަވައިގެން އިންތިހޚާބުގައި މަކަރު ހަދައިގެން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އަދި މިހާރު މި ސަރުކާރުގެ ކުންފުންޏަކުން މަގާމެއް ލިބިފައިވާތީ އޭނާ އަށް ގިނަ ފަޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅޭގޮތުން "ޖަޒީރާ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ ހަގީގަތުގައި އޭނާ އަކީ ނަޒާހާތްތެރި މީހެއް ނޫން ނަމަ މިއަދު އެ މަގާމު ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ.

އިންތިހާބު ތެރޭގައި ރައީސް ސޯލިހަށް އަޅުގަނޑު ވަކިކަމެއް ކޮށްދިން ނަމަ އެމަނިކުފާނަކަށް އަޅުގަނޑަށް އިތުބާރެއް ނުކުރެވޭނެ. ރައީސް ސޯލިހު އަޅުގަނޑަށް ވަރަށް އިތުބާރު ކުރައްވާނެ، ސަބަބަކީ އެނގިވަޑައިގަންނަވާނެ އެމަނިކުފާނަށް އިންތިހާބު ތެރޭގައި ކަމެއް ކޮށްދީފައި ނޯންނާނެ ކަން.

އޭނާ ވިދާޅުވީ އޭނާ އަކީ ހަގީގަތުގައި ސިޔާސީ މީހެއް ކަމަށެވެ. އަދި އީސީގެ ރައީސް ކަމުގައި ހުންނެވި އިރު ސިޔާސީ މަސައްކަތްތަކުގައި ބައިވެރި ނުވެވި މުޅިން "އަނގަ ބަންދުކޮށްގެން" ހުންނަން ޖެހުމަކީ ވަރަށް ތަފާތު އަދި އުނދަގޫ ތަޖުރިބާއަކަށް ވި ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެ މަގާމުން އިސްތިއުފާ ދެއްވީ ސިޔާސީ މަސައްކަތަށް ނިކުންނަން ބޭނުންވާތީއެވެ. މަގާމުން އިސްތިއުފާ ދިނުމަށް ފަހު ރައީސް ސޯލިހަށް ގުޅުއްވައި އެމަނިކުފާނާއި އެކު މަސައްކަތް ކުރަން ބޭނުންކަން އަންގާފައިވާނެ ކަމަށާއި، ފުލް ކޮމިޓްމަންޓް ދިން ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑަކީ އާމްދަނީއެއް ހޯދަން ވަކި މަސައްކަތެއް ކުރާ މީހެއް ނޫން ވީމަ ރައީސް އަރިހުގައި ސިޔާސީ މަސައްކަތްކުރާ ނަމަ އަޅުގަނޑު ދެންނެވިން ބޭނުންވާނޭ ވަޒީފާއެއްގަ ހުންނަން. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި ރާއްޖޭގެ ގިނަ ބަޔަކަށް ގާބޫލުކުރެވޭނެ އަޅުގަނޑަކީ ތަންތަން ހިންގުމުގައި ނަތީޖާ ނެރެ ދައްކާފަ ހުރި މީހެއް ކަން. އެހެންވެ އެގޮތުން ރައީސް ބަދަލުތަކެއް ގެންނަން ބޭނުންވާ ތަނެއް އަޅުގަނޑާ ހަވާލުކުރެއްވީ

ޝަރީފް ވިދާޅުވީ އިދިކޮޅުން ހަގީގަތުގައި ދައްކަނީ ވަރަށް ޒާތީ ވާހަކައެއް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ކަންކަން ހިގާ އުސޫލަށް އަލުއަޅުއްވާލައްވާ ވިދާޅުވީ ކޮމިޝަނުގައި ފަސް މެމްބަރުން ތިބޭ އިރު މެމްބަރުންގެ ރުހުމާއި އެކު ނޫނީ ކޮމިޝަނުގައި އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ. ކޮމިޝަނުގެ ރައިސް ގެ މަގާމުގައި ހުރުމަކީ ވަކި ހާއްސަ ބާރުތަކެއް އެ އުސޫލުން ލިބޭ ކަމެއް ނޫން ކަން ފާހަގަކުރައްވާ ވިދާޅުވީ ހުރިހާ ކަމެއް އޭނާ ބޮލުގައި އަޅުވައި ބަދުނާމު ކުރަން މަސައްކަތް ކުރީ ހަމަ ޒާތީ ވެގެން ކަމަށެވެ.

ހަގީގަތަކީ 2018 ގަ ރައްޔިތުން ލީ ވޯޓުގެ ނަތީޖާ އަޅުގަނޑުމެން ދައްކައި ދިނީ

0
1
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.