ކުރީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރު، އަބްދުﷲ ޔާމީންގެ ހައްޔަރު ކުރުމަށް ގޮވާލައި އެމަނިކުފާނުގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީހުގެ ފާރަށް ސްޕްރޭކުރި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ޔާމީންގެ ގެކޮޅާއި އަދި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުންދިން މައްސަލައިފައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާ އޭނާ ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާގެ ބަންދަށް 5 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

މައްސަލާގައި ހައްޔަރުކުރި މީހާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.