މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އެކުލަވާލައި ނިންމައިފި އެވެ.
ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ހަރުދަނާކޮށް މޮނިޓަރކުރުމަށް ޤާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ފުރަތަމަ ފަހަރަށް މަތީ ތަޢުލީމާ ތަމްރީނުގެ ބިލެއް އެކުލަވާލާ މިބިލު 16 މެއި 2021 ދުވަހު ދިވެރިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ނަމުގައި ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފަ އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ މި ޤާނޫނު ގެޒެޓުގައި ޝާއިޢުކުރުމާއި ގުޅިގެން މި ޤާނޫނު 71 ވަނަ މާއްދާގެ (ނ) ގެ ދަށުންނާއި އަދި އެހެނިހެން ބާބުތަކުގައި އެކިއެކި ޚާއްޞަ ކަންކަމާ ގުޅިގެން އެކުލަވައިލަންޖެހޭ ގަވާއިދުތަކެއް ކަނޑައެޅި، އެ ގަވާއިދުތައް އެޤާނޫނަށް ޢަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން މިނިސްޓްރީގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމަށެވެ. އެގޮތުން، މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ހިމެނޭހެން ޖުމުލަ 20 ގަވާއިދެއް 16 މެއި 2022 އާ ހަމައަށް އެކުލަވާލައި ގެޒެޓްކޮށްފައިވާ ކަމަށް މިނސިްޓްރީން ވަނީ ބުނެފައެވެ.