އދ. ދިގުރަށުގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާނެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ސޮއިކުރި، 300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ ހަތްމިލިޔަން، ތިއްލައްކަ ތޭރަހާސް ހަތްސަތޭކަ ހަތްދިހަ އަށް ރުފިޔާ ފަންސާސް ހަ ލާރި އަށެވެ.
365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫޢުގެ އެންމެ ފަހު ތާރީޚަކީ 28 އޭޕްރީލް 2023 އެވެ.