އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ބިން ހިއްކުން މިހާރު ޝެޑިއުލްކޮށްފައިވާ ގޮތަށް ބަލާ އިރު، ޖުލައި މަހުގެ ތެރޭގައި ބިން ހިއްކުމަށް ބޭނުންވާ ވެލި އައްޑޫގެ އެތެވަރިން ނެގެން ހުރި ތަންތަނާއި މިންވަރު ދެނެގަނެވޭ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މޮބިލައިޒް ކުރުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކަމަށް ވެސް ވިދާޅުވިއެވެ.

ޕްރޮޖެކްޓް މޮބިލައިޒް ކުރުމުގެ ކުރިން ކުރަންޖެހޭ ކަންކަން ހުރޭ. އޭގެ ތެރޭގައި އީއައިއޭ ފައިނަލައިޒް ކުރަންޖެހޭ. އާންމުގޮތެއްގައި ކޮންޓްރެކްޓެއްގައި ސޮއި ކުރުމާއެކީގައި ހުއްދަ ހޯދަންޖެހޭ ކަންކަން ހުރޭ. އަދި ސޭންޑް ސަރޗެއް ވެސް ކުރާނެ."

މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮންޓްރެކްޓްގައި ސޮއި ކުރުމާ ހަމައަށް ވަގުތުތަކެއް ނެގި ނަމަވެސް ސޮއި ކުރުމަށްފަހު މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

އައްޑޫން ބިއް ހިއްކަން ނެދަލޭންޑްސްގެ ވެން އޫޑްއާ ސަރުކާރުން ހަވާލުކުރީ މިދިޔަ މާޗް މަހުގެ 27 ގަ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ 18  މަސްދުވަހުގެ ތެރޭގައެވެ.

އިތުރުކުރެވޭ ބިމުގެ ތަފްސީލް:
  • ހިތަދޫގައި 90 ހެކްޓަރު ބިން (ޒޯން1 ގައި 50 ހެކްޓަރ، ޒޯން2 ގައި 40 ހެކްޓަރު)
  • މަރަދޫ އަދި މަރަދޫފޭދޫ ގައި 76 ހެކްޓަރުގެ ބިން
  • ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރޭގައި 8.3 ހެކްޓަރުގެ 3 ރަށް. މީގެން ކޮންމެ ރަށެއްގައި 8.3 ހެކްޓަރު. (3 ރަށުގެ ޖުމްލަ 25 ހެކްޓަރު)
  • 4 ލޭން ޑިޓުއަރ ލިންކު ރޯޑުގެ ބްރިޖުގެ އެމްބޭންޓްމަންޓަށް 3.3 ހެކްޓަރުގެ ބިން
މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުން:
  •  ހިތަދޫ: 4700 މީޓަރު (ބޮޑު ހިލަ ރިވެޓްމަންޓް)
  •  މަރަދޫ އަދި މަރަދޫ-ފޭދޫ: 3800 މީޓަރު (ބޮޑު ހިލަ ރިވެޓްމަންޓް)
  •  4 ލޭން ޑިޓުއަރ ލިންކު ރޯޑު: 1575 މީޓަރު (ބޮޑު ހިލަ ރިވެޓްމަންޓް)
  •  ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން ހަދާ 03 ރަށް: 4140 މީޓަރު (ޖިއޯޓިއުބް ރިވެޓްމަންޓް)

މި މަޝްރޫޢުއަކީ އިންޑިއާ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.