ބ. ކެންދޫގައި ކުޑަ ފިރިހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައި ވަނީ އޭޕްރިލް 30 ވަނަ ދުވަހު ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލާގައި މި މޭ މަހުގެ 1 ވަނަ ދުވަހު އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ބަންދުކޮށްފައި ވަނީ 30 ދުވަހަށް ކަމަށާއި، އެ މައްސަލަ ފުލުހުންނާއި ޖެންޑަރ އިން ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.
އެނގިފައިވާގޮތުގައި އެމީހާ ކުއްޖާއަށް ޖިންސީ ގޯނާކުރަމުން އައީ ގްރޫމްކޮށްގެންނެވެ.