ޗީފް އޮފް ޕްރޮޓޮކޯލް ޝާން ޝާކިރު; އޭނާ ޖަރުމަނު ސަފީރުކަމަށް އައްޔަން ކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައި

ރާއްޖެ އިން ޖަރުމަނަށް ކަނޑައަޅާ އާ ސަފީރަކަށް، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި އާއިޝަތު ޝާން ޝާކިރު ހަމަޖެއްސުމަށް ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓިން ފާސްކޮށްފިއެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޗީފް އޮފް ޕްރޮޓޮކޯލް ޝާން ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ނިންމަވާ, މަޖިލީހުގެ ރުހުން ހޯދުމަށް  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ މިދިޔަ އޭޕްޜީލް މަހު 25ގައެވެ.

ޝާން އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހަށް ހުށަހެޅުއްވުމުން, ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ޝާންގެ ނަން ދިރާސާކޮށްފައެވެ. އެގޮތުން އެ މަގާމަށް ޝާން އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމާފައި ވަނީ މިއަދެވެ. އެކަމަށް ކޮމިޓީން ނިންމީ, މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޝާން އެ މަގާމަށް އައްޔަމން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު, ރާއްޖޭން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި މިވަގުތު ހުންނެވި ހ. ސީވީޑް އަހްމަދު ލަތީފް އަނބުރާ ރާއްޖެއަށް ގެންނަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ޖަރުމަނުގެ ސަފީރުކަމަށް ޝާން އައްޔަންކުރަން ނިންމާފައިވާއިރު, އޭނާ ވަނީ ސަރުކާރުގެ ގިނަ މަގާމުތައް ފުރުއްވާފައެވެ. އެގޮތުން 2020 ވަނަ އަހަރުން ފެށިގެން ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ފުރުއްވަމުން ގެންދަވާއިރު, އޭނާ ވަނީ މީގެ ކުރިން ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅާ ސަފީރު ކަމާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަން ވެސް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.