އަލްހާން ފަހުމީ--- ފޮޓޯ: ސަން

އަލްހާން ފަހުމީ އިސްވެ ހުންނަވައި އޭނާގެ ކުންފުނި "ކިންގްސް ފޮރެކްސް ޓްރޭޑިންގ" މެދުވެރިކޮށް މަނީ ލޯންޑަރ ކުރިކަމުގެ ތުހުމަތުގައި އޭނާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އަންނަ އަންގާރަ ދުވަހު ފުލުހަށް ހާޒިރުވުމަށް އަންގައި އަލްހާން އަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ ކިންގްސް ކުންފުނި ބޭނުންކޮށްގެން ރާއްޖޭގެ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެކަމާ ގުޅިގެން އަލްހާން ކުރި ޓުވީޓެއްގައި ބުނީ އޭނާ ހިންގަމުން އައި ވިޔަފާރި ހުއްޓުވާލައި މިހާރު ކުރަމުންދާ ތުހުމަތަކީ ސިޔާސީ ކަމެއް ކަމަށެވެ.

މަކަރާ ހީލަތުން މީހުންގެ ފައިސާ ނަގައިގެން މަނީ ލޯންޑަރ ކުރިކަމަށް އަޅުގަނޑާ ކުންފުނީގެ އެހެން ހިއްސާދަަރުންގެ މައްޗަށް ޖިނާއީ ތަޙުގީގެއް ހިންގަން ފުލުހުންމެދުވެރިކޮށްގެ މިކުރާ މަސައްކަތަކީ ކަނޑައެޅިގެން އެއްވެސް އަސާސެއް ނެތި ވިޔަފާރި ހުއްޓުވާލާ، އަޅުގަނޑަށް ގެއްލުންދީ ބަދުނާމުކުރުމުގެ ގޮތުން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ދައުލަތުގެ މުއައްސަސާތައް ނުހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާ ޖަރީމާއެއް

އޭނާ ބުނީ އެ ކުންފުނިން ހިންގި ވިޔަފާރީގައި އެއްވެސް ޖިނާއީ ޤާނޫނާ ޚިލާފު ޢަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.

ފޮރެކްސް ޓްރޭޑިންގެ ނަމުގައި އަލްހާން ހިންގަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް އެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކުރުމުން ވެސް އޭނާ ވަނީ ހުއްޓާނުލާ އެކި ގޮތް ގޮތުން އެ ވިޔަފާރި ކުރިއަށްގެންދަން މަސައްކަތްކޮށްފައެވެ. އެކަމަކު ފަހުން އެކަން ކުރިއަށް ނުގެންދެވި އޭނާ ވަނީ އިންވެސްޓްމަންޓްތައް ނެގުން ހުއްޓާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *